Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ހޯމް ފައިނޭންސިންއެއް ތައާރަފުކޮށްފި

ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ހޯމް ފައިނޭންސިންއެއް ތައާރަފުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 23 އޭޕްރިލް 2026 15:30
ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ޚުލާސާ

ފެސިލިޓީ ދިނުމުގައި، ކަސްޓަމަރުގެ އާމްދަނީ ވަޒަންކުރާގޮތް ބަލާއިރު، ލިބޭ ސާވިސް ޗާޖަށްވެސް ބަލާނެ. ހުށަހަޅާ އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ.

ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފި އެވެ.

އަހަރަކު 7.5 އިންސައްތައިގެ ފައިނޭންސިން ރޭޓަކާއެކު ތަައާރަފުކުރި މި ފެސިލިޓީއަކީ، ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. ރިސޯޓު، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ލުއި ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ތައާރަފުކުރި މި ފެސިލިޓީ، ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބިގެންދާނެ ކަމަށް ބޭންކުން ހާމަކޮށްފައިވެ އެވެ.

މި ފެސިލިޓީ ތައާރަފުކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، "މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް" ކަމަށެވެ. އަދި "ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކޮށް، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. ފެސިލިޓީ ދިނުމުގައި، ކަސްޓަމަރުގެ އާމްދަނީ ވަޒަންކުރާ ގޮތް ބަލާއިރު، ލިބޭ ސަރވިސް ޗާޖަށްވެސް ބަލާނެ ކަމަށާއި، ނަމަވެސް ހުށަހަޅާ އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ ކަމަށް ބޭންކުން ބުނެ އެވެ.

ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ހާމަކޮށްފައިވެ އެވެ. އަދި ފެސިލިޓީއާ ގުޅޭ އިތުރު މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓް https://www.bankofmaldives.com.mv/ އިން ލިބެން ހުންނާނެ ކަމަށްވެސް ބޭންކުން ބުނެ އެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބު ކަމަށްވާއިރު، ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ބީއެމްއެލް އިން ތައާރަފުކުރި މި ފެސިލިޓީ، ދާއިރާގެ ގިނަ ބަޔަކަށް ފައިދާހުރި ފުރުސަތެއް ކަމަށް ބެލެވެ އެވެ.

ބީއެމްއެލްބޯހިޔާވަހިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

39 މިނެޓު ކުރިން - 13:55

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

6 ދުވަސް ކުރިން - 13:47

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

9 ދުވަސް ކުރިން - 23:50

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

10 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

11 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

11 ދުވަސް ކުރިން - 11:27