މީގެ ތެރޭގައި ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކުރާ 364 ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ހިމެނޭ. މި ޔުނިޓްތައް 2028 ގެ މެދުތެރޭ ނިމޭނެ. މީގެއިތުރުން ހުޅުމާލެ ފޭސް 3 ގައި އީގަލް ހިލްސް ކުންފުނިން 5،000 ހައުސިންގ ޔުނިޓް އަޅާނެ.
15 ދުވަސް ކުރިން - 15:45
ސްޕެއިންގެ ޕާލަމެންޓުގައި ސަރުކާރު ކޯލިޝަނަށް ފުރިހަމަ އަޣުލަބިއްޔަތު ނެތުމުގެ ސަބަބުން، އިދިކޮޅު ޕާޓީތަކުންނާއި ބައެއް އެހެން ކުދި ޕާޓީތަކުން ވަނީ މި ބިލާ ދެކޮޅަށް ވޯޓު ދީފަ.
47 ދުވަސް ކުރިން - 14:34
2028 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ ހުރިހާ ކުލީގެ އެގްރީމެންޓްތަކެއް، ބަދަލަކާ ނުލައި އިތުރު ދެއަހަރަށް އޮޓޮމެޓިކުން އާވާގޮތަށް ވަނީ ހަމަޖައްސާފަ. އަހަރަކު އެއްފަހަރު ކުލި ބޮޑުކުރެވޭނެ އެންމެ މަތީ މިންވަރަކީ 2 އިންސައްތައާއި 3 އިންސައްތަ. ކުލި ބޮޑު ސަރަހައްދުތަކުގައި ކުރީގެ ކުއްޔަށްވުރެ އަގު މަތިނުކުރެވޭނެ.
52 ދުވަސް ކުރިން - 07:31
ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ މިއީ ތާރީހީ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، ވިޔަފާރިތަކުގެ ޢާމްދަނީން ދައުލަތަށް ފައިދާ ލިބޭނެ ކަމަށް. ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ.
61 ދުވަސް ކުރިން - 17:30
މީގެކުރިން ބޭންކުތަކުން އިކުއިޓީގެ ގޮތުގައި 10 އިންސައްތަ ނަގަމުންދިޔަ ދިއުން ބަދަލުކޮށް، މިހާރު އެ އަދަދު 5 އިންސައްތައަށް ކުޑަކޮށްދީފައިވާއިރު، އެ ބައިވެސް ސަރުކާރުން ހިލޭ ދޭން ނިންމުމުން އާންމު ރައްޔިތުންނަށް މާލީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ހުރަސް ނެތިގެންދާނެއެވެ. މިއީ އަނބުރާ ދައްކަންޖެހޭނެ ފައިސާއެއް ނޫން.
64 ދުވަސް ކުރިން - 11:24
އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާއިރު، މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި.
75 ދުވަސް ކުރިން - 16:20
މީގެ ތެރޭގައި ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށް އެހީތެރިވުން ހިމެނޭ. މި 5 އަހަރުގެ ދައުރުގައި ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒުހިފާފައިވާއިރު، 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ޔުނިޓު އެޅުމަށް ވަނީ އިޢުލާނުކޮށްފަ.
76 ދުވަސް ކުރިން - 10:46
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފޯމުތަކުގައިވާ މައުލޫމާތު ފުށުއަރާނަމަ، އެކަން އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި. އަދި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޑިސެމްބަރު މަހު މެދުތެރޭގައި ނެރުމަށް ވަނީ ނިންމާފަ.
79 ދުވަސް ކުރިން - 12:50
ޝަރުތުހަމަވި ބާކީ 629 ފަރާތަށް ކުރިއަށް އޮތް މަސްތަކުގައި ފައިސާ ދޫކުރަން ފެށޭނެ. މިއީ 5 އިންސައްތައިގެ ޕްރޮފިޓް ރޭޓުގައި، ފައިސާ އަނބުރާ ދެއްކުމަށް 25 އަހަރާ ހަމައަށް މުއްދަތު ލިބޭގޮތަށް އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެއް.
88 ދުވަސް ކުރިން - 12:38
މިއީ މީގެކުރިން އެންމެ ބޮޑު ރަށް ކަމަށްވާ ލ. ގަމަށްވުރެ (609 ހެކްޓަރު) ބޮޑު ސަރަހައްދެއް. ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި 1،150 ހެކްޓަރުގެ މި "އިކޯ ސިޓީ" މަޝްރޫއުގެ އަމާޒަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން.
89 ދުވަސް ކުރިން - 23:03
މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަނީ ރަސްމީ އިދާރާތަކުގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއަކުން. މިހާރު ފޯމު ޗެކްކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ހުރިހާ މުޢާމަލާތެއް ހިނގާނީ ޕޯޓަލް މެދުވެރިކޮށް ދެފުށް ފެންނަ ގޮތަށް. އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަކީ މި ސިޔާސަތުގެ މައިގަނޑު މަގްސަދު.
90 ދުވަސް ކުރިން - 12:03
މައުލޫމާތުގައި ފުށުއެރުމެއްވާނަމަ ޕޯޓަލުން އަންގައި، އިސްލާހުކުރަން ލިޔުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ. އަދި ބަދަލުތައް އެސް.އެމް.އެސް އިން ވެސް އަންގާނެ. މުއްދަތުގައި ޖަވާބު ނުދީފިނަމަ އެޕްލިކޭޝަން ބާތިލުވާނެ.
91 ދުވަސް ކުރިން - 13:47
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން "ކަނޑުފަޅުން" ދީފައިވާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ބާރުގަބުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައިވާ ކަމަށާއި، ހުޅުމާލެ 3 ހިއްކާ ނިންމައި އެތަނުން ދޭ ގޯތިތައް ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް.
118 ދުވަސް ކުރިން - 13:55