މަޝްރޫއަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނަށް ހަމަޖައްސައިދީފަ. ރައީސް ވިދާޅުވި ގޮތުގައި، ކަރުދާހުގައި ހުންނަ ކުރެހުންތަކުން ނިމުމުގެ ބަދަލުގައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ގޭގެއަށް ވަދެވޭވަރަށް މަސައްކަތް ނިންމައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން.
98 ދުވަސް ކުރިން - 12:43
ރައީސް ވިދާޅުވީ 13 ރަށެއްގެ މަޝްރޫއަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށާއި، މާލެ ސަރަހައްދުގެ މަސައްކަތްތައް ޖުލައި މަހު ފެށޭނެ ކަމަށް. އަދި 2028 ގެ މެދާ ހަމައަށް ގިނަ މަޝްރޫއުތައް ނިމޭނެ ކަމަށާއި، އަމާޒަކީ ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި މީހުން އާބާދުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި.
98 ދުވަސް ކުރިން - 12:43