Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިފައިންނަށް ބޯހިޔާވަހިކަމުގެ ސްކީމުން ކަނޑައެޅޭ މިންވަރު އިތުރުކޮށްދެއްވާނަން: ރައީސް

ސިފައިންނަށް ބޯހިޔާވަހިކަމުގެ ސްކީމުން ކަނޑައެޅޭ މިންވަރު އިތުރުކޮށްދެއްވާނަން: ރައީސް

ހުސައިން އިސްމާއިލް
66 ދުވަސް ކުރިން - 9 މެއި 2026 23:30
ސިފައިންގެ އަހަރީ ދުވަހުގައި ރައީސް ސިފައިންނާ މުހާތަބުކުރައްވަނީ.  ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ދުވަހުގައި ރައީސް ސިފައިންނާ މުހާތަބުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ގައުމުގެ މިނިވަންކަމަށް ފަހު ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި، މި ހައްގު ސިފައިންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށް.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ސިފައިންނަށް ޚާއްސަކޮށްގެން ކަނޑައެޅިފައިވާ ކޯޓާ ނުވަތަ މިންވަރު އިތުރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި މިހާރު ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގައި ސިފައިންނަށް ވަކި އަދަދެއް ކަނޑައެޅިފައިވީ ނަމަވެސް، އެއީ އެންމެ އެދެވޭ މިންވަރު ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުކޮށް، އަސާސީ ބޯހިޔާވަހިކަން ލިބިގެންދާ ސިފައިންގެ އަދަދު ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ތެރެއިން އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Advertisement

Advertisement 1

ބޯހިޔާވަހިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން، މި ސަރުކާރުގެ ތަރައްގީގެ އަދި އިޖުތިމާއީ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ގައުމު ދިފާއުކުރުމާއި މިނިވަންކަން ހިމާޔަތްކުރުމަށްފަހު، އެންމެ މުހިންމު އަސާސީ ހައްގަކީ ބޯހިޔާވަހިކަން ކަމަށެވެ. އެހެންކަމުން، ގައުމުގެ ދިފާއުގައި ރެޔާއި ދުވާލު މަސައްކަތްކުރާ ސިފައިންނަށް މި ހައްގު ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ އިބްރާހިމާއި ސިފައިންގެ އިސްވެރިންނާއި ދައުލަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްއެންޑީއެފްރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

22 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53