Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
65 ދުވަސް ކުރިން - 10 މެއި 2026 13:54
ބޯހިޔާވަހިކަމުގެ މަޗްރޫއެއްގައި ބިންގާ އަޅަނީ. / ފޮޓޯ: ރައީސް އޮފީސް
ބޯހިޔާވަހިކަމުގެ މަޗްރޫއެއްގައި ބިންގާ އަޅަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ 20 މެއި ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 15 ޖޫން އާ ހަމައަށް.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން، އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ދެން ފުލެޓަށް އެދި ހުށަހެޅޭނެ އެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެކެވެ.

މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ 20 މެއި ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. އަދި މި ފުރުސަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

Advertisement

Advertisement 1

މި ސަރުކާރުން ކުރިއަށްގެންދާ "އެންމެނަށް ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން، މާލެ ސަރަހައްދުން 7،900 ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ރަސްމާލެއިން 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ސަރުކާރުން ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

މިއީ ދިވެހި އާއިލާތަކަށާއި، ހާއްސަކޮށް އަޅާލުން ބޭނުންވާ ފަރާތްތަކަށް އިންސާފުވެރިކަމާއެކު ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެންމެނަށް ބޯހިޔާވަހިކަން ސްކީމްބޯހިޔާވަހިކަންމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

1 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

15 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

15 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

16 ދުވަސް ކުރިން - 14:56

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

18 ދުވަސް ކުރިން - 21:44

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

24 ދުވަސް ކުރިން - 09:20