Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
54 ދުވަސް ކުރިން - 29 ޖޫން 2026 12:43
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ 13 ރަށެއްގެ މަޝްރޫއަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށާއި، މާލެ ސަރަހައްދުގެ މަސައްކަތްތައް ޖުލައި މަހު ފެށޭނެ ކަމަށް. އަދި 2028 ގެ މެދާ ހަމައަށް ގިނަ މަޝްރޫއުތައް ނިމޭނެ ކަމަށާއި، އަމާޒަކީ ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި މީހުން އާބާދުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ނިންމައި، އެ ތަންތަނަށް ހައްގުވެރިން ވައްދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ވެރިކަމުގެ ދައުރެއްގެ ތެރޭގައި ހައުސިން މަޝްރޫއެއް ނިންމައި މީހުން ވެއްދިފައި ނުވާ ކަމަށާއި، އެކަން ބަދަލުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު، ހައުސިން މަޝްރޫއުތަކުގެ ވަރަށް ބޮޑު އިންސައްތައެއް ނިމޭނެއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ސަރުކާރުން މީގެ ކުރިން ނުވެ އޮތް ކަމެއް ކުރަން. އެއީ މީގެ ކުރިން، އެއްވެސް ސަރުކާރަކަށް ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން ޕްރޮޖެކްޓްތައް ނިންމައި، އެ ފްލެޓްތަކަށް ނޫނީ އެ ހައުސިން ޔުނިޓްތަކަށް މީހުން ވެއްދިފައެއް ނެތް. މި ބަލަނީ އެކަން ބަދަލު ކުރެވޭތޯ،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

މި މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސް ހަމަޖެހިފައިވާ ރާއްޖޭގެ 13 ރަށެއްގެ ހައުސިން މަޝްރޫއުތަކުގެ އެޑްވާންސް ޕޭމަންޓް މިހާރު ދައްކާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ސީދާ އަމަލީ މަސައްކަތް ނުވަތަ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ކަންކަން:

  1. ހުއްޓިފައިވާ މަޝްރޫއުތައް: ކުރީ ސަރުކާރުން ފަށައި ހުއްޓިފައި ހުރި ގިނަ މަޝްރޫއުތައް މިހާރު ވަނީ އަލުން ފަށާފައެވެ.
  2. ބޭރުގެ އެހީތެރިކަން: ހައުސިން މަޝްރޫއުތައް ހިންގުމަށް އިންޑިއާ އާއި ޗައިނާއާ އެކު ދަނީ ވާހަކަދެކެވެމުންނެވެ.
  3. ރަސްމާލެ މަޝްރޫއު: ރަސްމާލެއިން ގޯތި ލިބޭ ފަރާތްތަކަށް މި ދައުރުގައި ގޯތިދީ، އެތަން އާބާދުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
  4. ފައިނޭންޝަލް މޮޑެލް: އާ ފައިނޭންޝަލް މޮޑެލްތަކާއި އެފޯޑަބަލް ހައުސިން ލޯން ސްކީމްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެވޭނެއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން "އިކުއިޓީ ފައިނޭންސް" ދޭނެ ގޮތްތަކެއް ރާވަމުންދާ ކަމަށެވެ. މީގެ ސަބަބުން އަމިއްލަ ގޯތީގައި އިމާރާތް އެޅުމަށް ބޭންކުތަކުން ލޯނު ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައުސިންގެ މައްސަލައަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ސިޔާސަތު ކަމަށް ވިދާޅުވެ، ރައީސް ވަނީ ބައެއް ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމުގެ އުންމީދުވެސް ދެއްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެންމެނަށް ބޯހިޔާވަހިކަން ސްކީމްބޯހިޔާވަހިކަންރަސްމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

9 ގަޑިއިރު ކުރިން - 18:55

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

14 ގަޑިއިރު ކުރިން - 13:47

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

2 ދުވަސް ކުރިން - 16:10

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

އިންސާނީ ހިދުމަތްތެރިންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

2 ދުވަސް ކުރިން - 10:11

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

3 ދުވަސް ކުރިން - 15:17

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފި

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރަނީ

3 ދުވަސް ކުރިން - 14:28