Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

އައިޝަތު އިމްސާ
1 ދުވަސް ކުރިން - 23 އޯގަސްޓް 2026 12:03
ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު. / ފޮޓޯ: ޕީއެސްއެމް
ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަނީ ރަސްމީ އިދާރާތަކުގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއަކުން. މިހާރު ފޯމު ޗެކްކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ހުރިހާ މުޢާމަލާތެއް ހިނގާނީ ޕޯޓަލް މެދުވެރިކޮށް ދެފުށް ފެންނަ ގޮތަށް. އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަކީ މި ސިޔާސަތުގެ މައިގަނޑު މަގްސަދު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދޫކުރާ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމާއި ފޯމުތައް ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ފަދަ ޑިޖިޓައިޒްޑް އަދި އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވީ، ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ދިނުމާއި، ވެރިފިކޭޝަންގެ އެންމެހާ މަރުހަލާތައް ވެސް ކުރިއަށްދާނީ މި ޑިޖިޓަލައިޒްޑް ސިސްޓަމްގެ ތެރެއިން ކަމަށެވެ. އަދި މިއީ މިހާތަނަށް އެންމެ ބޮޑަށް ހުޅުވާލެވިގެން، ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދެވޭ މިފަދަ މަސައްކަތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، މި ސިސްޓަމްގެ ތެރެއިން ކަންކަން ކުރިއަށްދާއިރު ޕޯޓަލުގައި ހިނގާ ކޮންމެ ހަރަކާތެއްގެ މައުލޫމާތު ރެކޯޑުވަމުންދާނެއެވެ. އެހެންކަމުން، އެއްވެސް ކަމަކާ މެދު ޝައްކު އުފެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ ވަގުތުން ވަގުތަށް އެކަމެއް ބަލައި ޗެކްކުރުމުގެ ފުރުސަތު އޮންނާނެއެވެ.

Advertisement

Advertisement 1

ފޯމުތަކުގައި ހިމަނާފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، ގޯތިގެދޮރާއި ބިންވެރިކަމާއި މިލްކުވެރިކަމުގެ އިތުރުން، ތަޢުލީމާއި ވަޒީފާއާ ގުޅޭ މައުލޫމާތުތައް ކަމާގުޅުންހުރި ރަސްމީ އިދާރާތަކުން ހޯދައި، ހާއްސަ ޑޭޓާބޭސްއެއް ވަނީ އެކުލަވާލާފައެވެ. ބޯހިޔާވަހިކަމުގެ މި ސްކީމާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދަނީ މި ޑޭޓާބޭސްއާއި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ސްކީމަށް ފޯމު ހުށައެޅުމުގެ މަރުހަލާ މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށް ކުރެވޭ ވެރިފިކޭޝަން މަރުހަލާއެވެ. ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާތަކުގެ އަދާހަމަ (އަޕްޑޭޓް) ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި، މި ސްކީމާ ގުޅިގެން ރައްޔިތުންނަށް އަންގަންޖެހޭ އެންމެހާ މައުލޫމާތުތަކާއި ކުރެވޭ އެންމެހާ މުޢާމަލާތްތައް ވެސް ކުރިއަށްދާނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމްތަރައްގީސްޓޭޓް މިނިސްޓަރ އަހްމަދު ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

4 ގަޑިއިރު ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

2 ދުވަސް ކުރިން - 13:47

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

29 ދުވަސް ކުރިން - 13:55

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

39 ދުވަސް ކުރިން - 23:50

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

56 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

56 ދުވަސް ކުރިން - 12:43