Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
50 ދުވަސް ކުރިން - 25 އޯގަސްޓް 2026 12:38
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު. / ފޮޓޯ: މިނިސްޓްރީ
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ޝަރުތުހަމަވި ބާކީ 629 ފަރާތަށް ކުރިއަށް އޮތް މަސްތަކުގައި ފައިސާ ދޫކުރަން ފެށޭނެ. މިއީ 5 އިންސައްތައިގެ ޕްރޮފިޓް ރޭޓުގައި، ފައިސާ އަނބުރާ ދެއްކުމަށް 25 އަހަރާ ހަމައަށް މުއްދަތު ލިބޭގޮތަށް އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެއް.

ސަރުކާރުގެ "ހިޔާވެހި ފައިނޭންސިންގ ސްކީމް" ގެ ފުރަތަމަ ބުރުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވިފައިވާ 891 މީހުންގެ ތެރެއިން، 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ހާމަކޮށްފިއެވެ.

ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވި ގޮތުގައި، ޝަރުތުހަމަވި ބާކީ 629 ފަރާތަށް ކުރިއަށް އޮތް މަސްތަކުގައި ފައިސާ ދޫކުރަން ފެށޭނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޝަރުތު ހަމަވި އެންމެންނަށް ފައިސާ ދޫކޮށް ނިންމާލުމެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ސަބްމިޓްކޮށްފައިވާ ބައެއް ހުށަހެޅުންތަކަށް ފައިސާ ދޫކުރުން ލަސްވީ އިދާރީ އިޖުރާތްތަކާއި ހުށަހެޅުންތަކުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށެވެ. މީގެ ތެރޭގައި އިމާރާތުގެ ޑިޒައިންގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ހުއްދަދެވިފައިވާ 20 އިންސައްތައަށްވުރެ ބޮޑު ޖާގައެއް ކަނޑައަޅާފައިވުމާއި، ހުށަހަޅާފައިވާ ބިލް އޮފް ކުއަންޓިޓީސްގެ އަގު، ސްކީމުން ފާސްކޮށްދެވޭ އެންމެ މަތީ އަދަދަށްވުރެ އިތުރުވެފައިވުން ހިމެނެއެވެ.

Advertisement

Advertisement 1

މި ސްކީމްގެ ދަށުން ފައިނޭންސިންގ ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 6 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާ "ފަހި މާލެ" ކެޓަގަރީއާއި، 3 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ "ސަހަރު" ކެޓަގަރީގެ އިތުރުން 1 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ "ރަށްވެހި" ކެޓަގަރީއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއީ 5 އިންސައްތައިގެ ޕްރޮފިޓް ރޭޓުގައި، ފައިސާ އަނބުރާ ދެއްކުމަށް 25 އަހަރާ ހަމައަށް މުއްދަތު ލިބޭގޮތަށް އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެކެވެ.

މި ޕްރޮގްރާމަށް ސަރުކާރުން އަހަރަކު 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސީދާ ހަމަޖައްސައި، ބާކީ ފައިސާ ހަމަޖައްސަނީ ބޭންކުތައް މެދުވެރިކޮށެވެ. 

އަމިއްލަ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ތައާރަފްކުރި މި ސްކީމަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ޑިސެމްބަރު 2025 ގެ ނިޔަލަށް 2,256 އަށްވުރެ ގިނަ ފަރާތުން ވަނީ މި ސްކީމަށް ކުރިމަތިލާފައެވެ.

މިއީ މާލެއާއި އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ ނިޔަތުގައި ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްހިޔާވަހި ފައިނޭންސިންބޯހިޔާވަހިކަންސްޓޭޓް މިނިސްޓަރ އަހްމަދު ނާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

ގެދޮރުގެ ކުލި އަގުހެޔޮކުރަން ސްޕެއިން ސަރުކާރުން ހުށަހެޅި ބިލު ފާހެއް ނުވި

9 ދުވަސް ކުރިން - 14:34

އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބައި އޮކްޓޯބަރު މަހު

އިމާރާތްކުރުމުގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބައި އޮކްޓޯބަރު މަހު

13 ދުވަސް ކުރިން - 18:33

އީގަލް ހިލްސް އިން ކުރާ އިންވެސްޓްމަންޓުން ދައުލަތަށް 11 ބިލިއަން ޑޮލަރު!

އީގަލް ހިލްސް އިން ކުރާ އިންވެސްޓްމަންޓުން ދައުލަތަށް 11 ބިލިއަން ޑޮލަރު!

14 ދުވަސް ކުރިން - 09:13

ސްޕެއިނުން އެޕާޓްމަންޓުތަކުގެ ކުލިތައް ކޮންޓްރޯލް ކޮށްފި!

ސްޕެއިނުން އެޕާޓްމަންޓުތަކުގެ ކުލިތައް ކޮންޓްރޯލް ކޮށްފި!

14 ދުވަސް ކުރިން - 07:31

ހައުސިން މިނިސްޓްރީން ލިޔެކިޔުންތަކެއް މަދުވެފައި ނުވޭ: ފުލުހުން

ހައުސިން މިނިސްޓްރީން ލިޔެކިޔުންތަކެއް މަދުވެފައި ނުވޭ: ފުލުހުން

18 ދުވަސް ކުރިން - 20:36

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

20 ދުވަސް ކުރިން - 17:23