
މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ، ރަޝިޔާއާއެކު ބާއްވާ ސުލްހައިގެ ވާހަކަތަކުގައި ޔޫކްރެއިނާއި ޔޫރަޕްގެ ސަލާމަތީ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދޭނެ އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލުމާއި، ހަނގުރާމަ ހުއްޓާލުމަށްފަހު ޔޫކްރެއިނަށް ދޭނެ ސަލާމަތީ ގެރެންޓީތަކާއި، ރަޝިޔާއިން ހިފާފައިވާ ބިންތަކުގެ މައްސަލައިގައި ގެންގުޅޭނެ އުސޫލުތަކާ މެދު މަޝްވަރާކުރުން.
11 ގަޑިއިރު ކުރިން - 12:04
މި ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތައް ކަމަށް ތުހުމަތުކުރައްވާ ކަމަށް. ނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، ޔޫކްރެއިނުން ވެސް މިކަމަށް އެއްވެސް ރައްދެއް ދީފައެއް ނުވޭ.
3 ދުވަސް ކުރިން - 08:45
ރަޝިޔާގެ ޑްރޯން ޙަމަލާއެއްގެ ސަބަބުން ރިއެކްޓަރު ނަމްބަރު 4 ނިވާކުރުމަށް އަޅަފައިވާ ލޭޔަރަށް ގެއްލުން ލިބިފައިވާ ކަމަށާއި، ރޭޑިއޯއެކްޓިވް މާއްދާތައް ބޭރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި އެ ސައިޓުގެ ކުއްލި މަރާމާތަށް މަދުވެގެން 500 މިލިއަން ޔޫރޯ އިތުރަށް ބޭނުންވާ ކަމަށް އީބީއާރްޑީ އިން ހާމަކުރޭ.
12 ދުވަސް ކުރިން - 09:56
ރަޝިއާއިން ޔުކްރޭނުގެ ތަންތަނަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލައިފި. މި ހަމަލާތަކުގައި 19 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
41 ދުވަސް ކުރިން - 17:08
ތުރުކީގެ ކުންފުންޏަކަށް ނިސްބަތްވާ މި ބޯޓަށް ދިން ހަމަލާގައި ބޯޓުގެ ކެޕްޓަނާއެކު 2 ފަޅުވެރިއަކު މަރުވެފައިވާއިރު، ރޫމޭނިއާގެ ކޯސްޓްގާޑުން ހިންގި ކުއްލި އޮޕަރޭޝަނެއްގައި އިންޑިއާއާއި އަޒަރުބައިޖާނަށް ނިސްބަތްވާ 11 ފަޅުވެރިއަކު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފަ. ބެލެވޭ ގޮތުގައި މި އުޅަނދަކީ ތުރްކިޔޭގައި ރަޖިސްޓްރީކޮށްފައިވާ (ނަމަވެސް) ޔުކްރޭނުގެ އުޅަނދެއް.
42 ދުވަސް ކުރިން - 15:49
މި އެހީގެ މައިގަނޑު ބޭނުމަކީ ޔޫކްރެއިންގެ ދަޢުލަތުގެ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ދިނުމާއި، ޕެންޝަން ފައިސާ ދެއްކުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޢުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމަށް އެހީތެރިވެދިނުން.
46 ދުވަސް ކުރިން - 19:01
ކީވްގެ މެދުތެރޭގެ މަގުމަތީގައި ހިނގި މި ކުރިމަތިލުމުގައި އެޗް.ޔޫ.އާރް އަށް ނިސްބަތްވާ ތިން އޮފިސަރަކަށް ބަޑީގެ ހަމަލާ އަމާޒުވެ ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނޭ.
74 ދުވަސް ކުރިން - 14:42
ޑްރޯން ބޭނުން ކޮށްގެން ޔުކްރޭނުން ހަމަލާ ދިނީ ކެސްޕިއަން ކަނޑުގެ އުތުރު ސަރަޙައްދުގައި ބަނދަރުކޮށްފައި އޮތް އީރާނުގެ އާންމު ވިޔަފާރި ބޯޓަކަށް. މިކަމާއި ގުޅިގެން ބަދަލު ހިފާނެ ކަމަށް އީރާނުން ބުނި. ނަމަވެސް ޔުކެރޭނުން މާފަށް އެދުމުން، މިހާރު ދެގައުމުގެ ދެމެދުގައި ދަނީ މިކަމާއި މަޝްވަރާ ކުރަމުން.
111 ދުވަސް ކުރިން - 06:48
ޒެލެންސްކީ ހާމަކުރެއްވި ގޮތުގައި މި ހަމަލާ އަމާޒުކުރި ސަރަހައްދަކީ ޔޫކްރޭންގެ ބޯޑަރާ ގާތްގަނޑަކަށް 850 ކިލޯމީޓަރު ދުރުގައި އޮތް ތަނެއް ކަމަށް. މި ހަމަލާ ދިން ޓާމިނަލަކީ އަހަރަކު 12.5 މިލިއަން ޓަނުގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން ހުރި ރަޝިޔާގެ އެންމެ ބޮޑު އެއް މަރުކަޒު.
136 ދުވަސް ކުރިން - 23:10
އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ފަންނީ އެހީތެރިކަން ހޯދުމަށް އެމެރިކާއިން ނިންމައިފި.
209 ދުވަސް ކުރިން - 20:30
ޔޫރަޕުން ދިން ދުރުރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ އެތެރެއަށް ޔުކްރޭނުން ޙަމަލާ ދިނުމާއި ގުޅިގެން ރަޝިޔާ އިން ޔޫރަޕަށް އިންޒާރު ދީފި.
213 ދުވަސް ކުރިން - 19:07
ރަޝިޔާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޑްރޯންތައް އަވަށްޓެރި ގައުމުތަކަށް ވެއްޓުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފަ.
233 ދުވަސް ކުރިން - 22:08
ޔޫކްރެއިނުން ބުނެފައިވަނީ، އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެގައުމުގެ ވެރިކަންކުރާ ނިޒާމުގެ ތެރޭގައި އޮތް އަނިޔާވެރިކަމާއި، ގާނޫނީ ގޮތުން ފިޔަވަޅު ނޭޅި ސަލާމަތްވުމުގެ ސަގާފަތުގެ ނަތީޖާ ކަމަށް.
262 ދުވަސް ކުރިން - 15:30