Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ބޯޓަކަށް ހަމަލާ ދިނުމަށް ފަހު، ޔުކްރޭނުން މާފަށް އެދިއްޖެ!

އީރާނުގެ ބޯޓަކަށް ހަމަލާ ދިނުމަށް ފަހު، ޔުކްރޭނުން މާފަށް އެދިއްޖެ!

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 29 ޖުލައި 2026 06:48
އީރާނުގެ ބޯޓަކަށް ހަމަލާ ދެވުނީ އެއީ ރަޝިއާ އާއި ދެމެދު ހަތިޔާރު އުފުލާ ބޯޓެއް ކަމަށް ތުހުމަތު ކުރެވިގެން، އޮޅިގެން ކަމަށް ޔުކްރޭނުން ބުނޭ.
އީރާނުގެ ބޯޓަކަށް ހަމަލާ ދެވުނީ އެއީ ރަޝިއާ އާއި ދެމެދު ހަތިޔާރު އުފުލާ ބޯޓެއް ކަމަށް ތުހުމަތު ކުރެވިގެން، އޮޅިގެން ކަމަށް ޔުކްރޭނުން ބުނޭ.
ޚުލާސާ

ޑްރޯން ބޭނުން ކޮށްގެން ޔުކްރޭނުން ހަމަލާ ދިނީ ކެސްޕިއަން ކަނޑުގެ އުތުރު ސަރަޙައްދުގައި ބަނދަރުކޮށްފައި އޮތް އީރާނުގެ އާންމު ވިޔަފާރި ބޯޓަކަށް. މިކަމާއި ގުޅިގެން ބަދަލު ހިފާނެ ކަމަށް އީރާނުން ބުނި. ނަމަވެސް ޔުކެރޭނުން މާފަށް އެދުމުން، މިހާރު ދެގައުމުގެ ދެމެދުގައި ދަނީ މިކަމާއި މަޝްވަރާ ކުރަމުން.

ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ މުދާ އުފުލާ ބޯޓަކަށް ޔުކްރޭނުން ޑްރޯން ހަމަލާ އެއް ދީފިއެވެ.

ޔުކްރޭނުގެ ސަލާމަތީ ޚިދުމަތްތަކުން ފޮނުވާލި ލޯންގް-ރޭންޖް ޑްރޯންތަކެއް ބޭނުންކޮށްގެން ދިން މި ހަމަލާ އަމާޒުވެފައި ވަނީ ކެސްޕިއަން ކަނޑުގެ އުތުރު ސަރަޙައްދުގައި ބަނދަރުކޮށްފައި އޮތް އީރާނުގެ "އަންނާ" ކިޔާ އާންމު ވިޔަފާރި ބޯޓަކަށެވެ. މި ހަމަލާގައި ބޯޓުން ދަތުރުކުރި އެއް ފަޅުވެރިއަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވުމާއި ގުޅިގެން ދެ ޤައުމުގެ ދެމެދުގައި މަސްރަޙު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

މި ނުތަނަވަސްކަމާއި ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި ޔުކްރޭނުގެ ޚާރިޖީ ވަޒީރު ވަނީ ފޯނުން ގުޅުއްވައި ކުއްލި މަޝްވަރާތަކެއް ބާއްވަވާފައެވެ. މި ފޯނު ކޯލުގައި ޔުކްރޭނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެއީ އީރާނުގެ ބޯޓަކަށް އަމާޒުކޮށް ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި، އެއީ އޮޅުމަކުން ހިނގި ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާގައި ފުރާނައެއް ގެއްލިގެން ދިއުމުން އެކަމާއި ހިތާމަކުރައްވައި ޔުކްރޭން ސަރުކާރުގެ ފަރާތުން ވަނީ ރަސްމީކޮށް މާފަށް އެދިފައެވެ.

Advertisement

Advertisement 1

ޔުކްރޭނުން މާފަށް އެދުމާއި ގުޅިގެން، ހަމަލާއަށް ރައްދު ދޭނެ ކަމަށް ބުނެ އީރާނުން ކުރިން ދެމުންދިޔަ އިންޒާރުތައް މަޑުޖެހި، މަސްރަޙު މިހާރު ވަނީ ކުޑަކޮށް ފިނިވެފައެވެ. އެހެންނަމަވެސް، މި ހަމަލާގެ ސަބަބުން ބޯޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ބަދަލު ފުރިހަމައަށް ދިނުމަށާއި، މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން ދަނީ ޔުކްރޭނަށް ގޮވާލަމުންނެވެ. ދެ ޤައުމުގެ ސަރުކާރުން މިހާރު ދަނީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަމުންނެވެ.

ޔުކްރޭންއީރާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

14 ގަޑިއިރު ކުރިން - 22:06

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

2 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

2 ދުވަސް ކުރިން - 08:37

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

4 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

5 ދުވަސް ކުރިން - 20:35

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

7 ދުވަސް ކުރިން - 14:42