އީރާނުން ދެމުންދާ ޑްރޯން ހަމަލާތަކުން ރައްކާތެރި ވުމަށް ޓަކައި، ޔުކްރެއިނުން ބޭނުންކުރާ ޒަމާނީ 'ކައުންޓަރ ޑްރޯން' ޓެކްނޮލޮޖީ ހޯދުމަށް އެމެރިކާ އިން މަސައްކަތް ފަށާފައިވާ ކަމަށް ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފިއެވެ.
ރޮއިޓާސްއިން ބުނާ ގޮތުގައި، އެމެރިކާގެ ދިފާއީ ބާރުތަކުން މިހާރު ދަނީ ޔޫކްރެއިންގައި ރަޝިޔާ އާއި ދެކޮޅަށް ބޭނުންކުރާ ޑްރޯން ހުއްޓުވުމުގެ އުކުޅުތަކާއި ޓެކްނޮލޮޖީ ދިރާސާ ކުރަމުންނެވެ. މި ނިންމުން އެމެރިކާއިން ނިންމާފައި ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން އުފައްދާ ޑްރޯންތަކުގެ ނުރައްކާ ބޮޑުވެ، އެކި ފަހަރުމަތިން ހަމަލާތައް ކުރިމަތިވަމުންދާތީއެވެ.
ޔުކްރެއިން އަކީ އީރާނުން އުފައްދާ 'ޝާހިދު' މަރުކާގެ ޑްރޯންތައް ހުއްޓުވުމުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައިވާ ގައުމެކެވެ. ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ޑްރޯންތައް ގިނަ އަދަދަކަށް ބޭނުންކުރާތީ، މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަކަށް ޔުކްރޭނުގެ ޓެކްނޮލޮޖީ ބޭނުންވާ ކަމަށް އެމެރިކާ އިން ދެކެ ކަމަށް ޚަބަރުތައް ބުނެއެވެ.










