ވިލާތުގެ ގައުމުތަކުން ދިން ހަތިޔާރު ބޭނުން ކޮށްގެން ޔުކްރޭނުން ރަޝިޔާގެ އެތެރެއަށް އަމާޒުކޮށް ދުރުރާސްތާގެ މިސައިލް ހަމަލާތަކެއް ދޭން ފެށުމާއި ގުޅިގެން، ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރުމަށް ވިލާތުން ހަނގުރާމައިގައި ބައިވެރި ވެއްޖެ ކަމަށް ބުނެ މުޅި ވިލާތުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އިންޒާރުތަކެއް ރަޝިޔާ އިން ދީފިއެވެ. މި ނިންމުމާ އެކު ދުނިޔޭގެ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޔުކެރޭނުން ވަނީ ރަޝިޔާގެ އެންމެ އެތެރެއަށް ދުރުރާސްތާ ޑްރޯނުން ޙަމަލާ ދީފައެވެ. މީގެތެރެއިން ގިނަ ޙަމަލާތައް މޮސްކޯ އިން ވަނީ ހުއްޓުވާފައެވެ.
މި ހާލަތު އުފެދެން މެދުވެރިވީ ޔޫކްރެއިނުން އެ ގައުމުގެ ދިފާއުގައި ރަޝިޔާގެ އަސްކަރީ މަރުކަޒުތަކާއި ސަޕްލައި ލައިންތަކަށް ހަމަލާދީ، ރަޝިޔާގެ ކުރިއެރުންތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް، ރަޝިޔާއިން ދެކޭ ގޮތުގައި މިއީ އެ ގައުމުގެ އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލެކެވެ.
މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހުޅަނގުގެ ގައުމުތަކުން ބުނަމުންދަނީ ޔޫކްރެއިނަށް އަމިއްލަ ދިފާއުގައި ހަމަލާދިނުމުގެ ހައްގު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް، ރަޝިޔާގެ އިންޒާރުތަކާއެކު ވިލާތުގެ ގައުމުތަކުން މިހާރު ދަނީ އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.










