ސޫދާނުގެ ހުޅަނގު ކުރުދުފާން ސްޓޭޓްގެ އަލް-ދަބާބް ސަރަހައްދުގައި ހިނގި މި ހާދިސާގައި، މަރުވި މީހާގެ ޖަނާޒާގައި ބައިވެރިވުމަށް 200 އެއްހާ މީހުން ގޮވައިގެން ދަތުރުކުރި ލޮރީއަކަށް ވަނީ ސީދާ އަމާޒުކޮށް ބޮން އަޅާފަ.
24 ދުވަސް ކުރިން - 10:44
ޔަމަނުގެ ތަޢިއްޒު ސިޓީގެ ހުޅަނގުން އޮންނަ ޖަބަލްޚާން ފަރުބަދަ ސަރަޙައްދުގައި ޔަމަން ސަރުކާރުގެ ސިފައިންނާއި ޖަޔަންޓް ފޯސަސް ގުޅިގެން، ޙޫޘީންގެ އަތްދަށުން އެތަން މިނިވަން ކުރުމަށް ދަނީ ޙަމަލާތައް ދެމުން.
24 ދުވަސް ކުރިން - 09:29
އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި ސުންނާފަތިވި އިމާރާތްތަކާއި މަގުތަކުގެ ދަށުގައި ތާށިވެ، ނުވަތަ ބަނޑަށް މަރުވެގެން ވަޅުލާފައިވާ އެތައް ހާސް ބައެއްގެ ޢަދަދުތައް މީގެ ތެރެއަކު ނުހިމެނޭ.
25 ދުވަސް ކުރިން - 14:44
ޔަމަނުގެ މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން މިހާރުވެސް ތިބީ ބަނޑުހައިހޫނުކަމުގެ ދައްޗާ ކުރިމަތިލާން ޖެހިފަ. އެތައް ހާސް އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދިނުން މުޅިން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ.
30 ދުވަސް ކުރިން - 15:00
ވައިގެ ދަތުރުފަތުރު ދިރާސާކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެންމެ ބޮޑަށް އޮޕަރޭޝަންތައް ހުއްޓި، ހިންގުމަށް ބުރޫއަރާފައިވާ އެއާޕޯޓަކަށް މިހާރު ވެފައިވަނީ ސައޫދީގެ ވެރިރަށް ރިޔާޟް އެއާޕޯޓް.
33 ދުވަސް ކުރިން - 23:11
ގާތްގަނޑަކަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އަގުހުރި މި ޖެޓަކީ، ގަލްފް ސަރަހައްދުގެ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ހިންގާ ބައިނަލްއަޤްވާމީ އަސްކަރީ މިޝަނެއްގެ ދަށުން މިއަހަރުގެ މާރިޗު މަހު ސައުދީއަށް ގެންދިޔަ ބޯޓެއް.
57 ދުވަސް ކުރިން - 10:08
އެމެރިކާއިން ޖައްވުގައި ހަތިޔާރު ޤާއިމުކުރިކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އަދި މިއީ ޗައިނާއާއި ރަޝިޔާގެ ނުރައްކާތަކުން ދިފާއުވުމަށާއި، މުވާސަލާތީ އަދި ނެވިގޭޝަން ސެޓެލައިޓްތައް ހިމެނޭހެން ޖައްވީ ދާއިރާ ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެމެރިކާއިން ބުނެފި.
61 ދުވަސް ކުރިން - 14:11
ސެންޓްކޮމްއިން ވަނީ އެ އުޅަނދު އަޑިއަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ. ނަމަވެސް އެ ވީޑިއޯއިން ހަމަލާދޭ މަންޒަރެއް ނުފެނެއެވެ. ވީޑިއޯއާއެކު ސެންޓްކޮމްއިން ބުނީ އެ އުޅަނދު ކަނޑުއަޑީގައިވާ އީރާނުގެ އަސްކަރީ އުޅަނދުތަކާ ގުޅިފައިވާ ކަމަށް. މި ހަމަލާއާ ގުޅިގެން އީރާނުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވޭ.
70 ދުވަސް ކުރިން - 20:35
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ "ސިދްރް" ތެޔޮ ޓޭންކަރަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ. މި ހާދިސާއާ ގުޅިގެން ސައުދީން ވަނީ ކަނޑުދަތުރުފަތުރާއި ހަކަތައިގެ ސަޕްލައި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ.
73 ދުވަސް ކުރިން - 10:50
މި މީހުން ހައްޔަރުކޮށްފައި ވަނީ ސޫދާނުގެ އަސްކަރިއްޔާއަށް ތާއީދުކުރާ ޖޮއިންޓް ފޯސަސްއިން ޗާޑް އަދި ލީބިޔާ ބޯޑަރު ކައިރީގައި ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން. އެމީހުން ބޭނުންކުރި 49 ހަނގުރާމަމަތީ ވެހިކަލްވެސް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފަ.
83 ދުވަސް ކުރިން - 14:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދޭން ރޭވި "ބޮޑު ހަމަލާއެއް" ކެންސަލްކޮށް، މަޝްވަރާގެ މޭޒަށް އެނބުރި ވަޑައިގަތުމަށް ނިންމެވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ސީދާ ފޯނުން ގުޅުއްވައި ކުރެއްވި އިލްތިމާސްތަކާ ގުޅިގެން.
104 ދުވަސް ކުރިން - 10:26
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ސައުދީން ޔަމަނަށް ކުރިމަތިކުރުވާފައިވާ ދަތިކުރުންތަކަށް ރައްދުދިނުމުގެ ގޮތުން "ލޮލަކަށް ލޮލެއް" އުސޫލުން ވަގުތުން ވަގުތަށް ތަންފީޒުކުރަން ފެށި ބްލޮކޭޑެއް.
117 ދުވަސް ކުރިން - 09:27
މެދުއިރުމަތީގެ ހަނގުރާމަވެރި ސަރަހައްދުތަކުން ޒަޚަމްވެގެން ކުއްލި ގޮތަކަށް ވައިގެ މަގުން ގެންނަ ސިފައިންގެ އަދަދު ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް އެމެރިކާގެ މަސްދަރުން ބުނޭ.
124 ދުވަސް ކުރިން - 17:03