Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފަށްތާލައިފި

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފަށްތާލައިފި

އައިޝަތު އިމްސާ
14 ގަޑިއިރު ކުރިން - 6 ސެޕްޓެންބަރު 2026 20:35
އާއްމު ކޮށްފަވާ ވީޑިއޯގެ ތެރެއިން----
އާއްމު ކޮށްފަވާ ވީޑިއޯގެ ތެރެއިން----
ޚުލާސާ

ސެންޓްކޮމްއިން ވަނީ އެ އުޅަނދު އަޑިއަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ. ނަމަވެސް އެ ވީޑިއޯއިން ހަމަލާދޭ މަންޒަރެއް ނުފެނެއެވެ. ވީޑިއޯއާއެކު ސެންޓްކޮމްއިން ބުނީ އެ އުޅަނދު ކަނޑުއަޑީގައިވާ އީރާނުގެ އަސްކަރީ އުޅަނދުތަކާ ގުޅިފައިވާ ކަމަށް. މި ހަމަލާއާ ގުޅިގެން އީރާނުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވޭ.

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފަށްތާލައިފި

ގަލްފް އޮފް އޮމާންގައި ދަތުރުކުރަމުންދިޔަ އީރާނުގެ ތެޔޮ ބައުޒަރަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ، އެ އުޅަނދު ކަނޑު ފަށްތާލައިފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފިއެވެ.

ސެންޓްކޮމްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާގެ މި ހަމަލާ އަމާޒުވެފައިވަނީ ގަލްފް އޮފް އޮމާންގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ އީރާނުގެ "އެމް/ޓީ ކައިލޯ" ނަމަކަށް ކިޔާ ތެޔޮ ބައުޒަރަކަށެވެ.

Advertisement

Advertisement 1

މި ހާދިސާއާ ގުޅިގެން ސެންޓްކޮމްއިން ވަނީ އެ އުޅަނދު އަޑިއަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފައެވެ. އާންމު ގޮތެއްގައި އަސްކަރީ އޮޕަރޭޝަންތަކުގައި ހަމަލާދޭ ވަގުތުގެ މަންޒަރުތައް ސެންޓްކޮމްއިން ދައްކައިދިން ނަމަވެސް، މި ފަހަރު އާންމުކުރި ވީޑިއޯއިން ހަމަލާ ދިން ސީދާ މަންޒަރެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެ ވީޑިއޯއިން ފެންނަނީ ހަމަލާއަށްފަހު އެ ތެޔޮ ބައުޒަރު މަޑުމަޑުން ކަނޑުގެ އަޑިއަށް ގޮސް، މުޅިން އޮބިގެންދާ މަންޒަރެވެ.

މި ވީޑިއޯ ހިއްސާކުރަމުން ސެންޓްކޮމްއިން މަލާމާތުގެ ރާގެއްގައި ބުނެފައިވަނީ، އެ އުޅަނދު އަޑިއަށް ގޮސް މިހާރު ކަނޑުއަޑީގައިވާ އީރާނުގެ އަސްކަރިއްޔާގެ އެހެން އުޅަނދުތަކާ ގުޅިފައިވާ ކަމަށެވެ.

އެމެރިކާއިން ދިން މި ނުރައްކާތެރި ހަމަލާއާ ގުޅިގެން، އީރާނުގެ ސަރުކާރުން ނުވަތަ އެ ޤައުމުގެ އަސްކަރިއްޔާއިން ވެސް މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ މަސްރަޙު އިތުރަށް ހޫނުވެދާނެ ކަމަށް ބެލެވެއެވެ.



ހަނގުރާމައީރާން - އެމެރިކާއެމެރިކާއީރާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

4 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

5 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

5 ދުވަސް ކުރިން - 02:42

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

6 ދުވަސް ކުރިން - 16:37

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

6 ދުވަސް ކުރިން - 15:07

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

7 ދުވަސް ކުރިން - 07:21