Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

ހުސައިން އިސްމާއިލް
7 ގަޑިއިރު ކުރިން - 14 ޖުލައި 2026 17:03
މެދުއިރުމަތީގައި އެމެރިކާ ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ ކައިރީގައި އެހީތެރިވުމަށް އެމީހުންގެ ސިފައިން ހަރަކާތްތެރި ވަނީ.
މެދުއިރުމަތީގައި އެމެރިކާ ސިފައިންގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ ކައިރީގައި އެހީތެރިވުމަށް އެމީހުންގެ ސިފައިން ހަރަކާތްތެރި ވަނީ.
ޚުލާސާ

މެދުއިރުމަތީގެ ހަނގުރާމަވެރި ސަރަހައްދުތަކުން ޒަޚަމްވެގެން ކުއްލި ގޮތަކަށް ވައިގެ މަގުން ގެންނަ ސިފައިންގެ އަދަދު ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް އެމެރިކާގެ މަސްދަރުން ބުނޭ.

މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާއި ގުޅިގެން، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ 540,000 އަށްވުރެ ގިނަ ސިފައިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް އެމެރިކާގެ ސިއްހީ އަދި އަސްކަރީ އިދާރާތަކުން ހާމަކޮށްފިއެވެ.

އެމެރިކާގެ ޑިފެންސް ހެލްތު އެޖެންސީ އާއި ޑިޕާޓްމަންޓް އޮފް ވެޓެރަންސް އެފެއާޒްގެ ރިޕޯޓްތައް ބުނާގޮތުން، މި މުއްދަތުގައި ހަނގުރާމައިގެ މައިދާނަށް ނެރުނު އެކްޓިވް-ޑިއުޓީ ސިފައިންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ބޮޑެތި އަނިޔާ ލިބުނު އިރު އޭގެތެރޭގައި ބޮމާއި ބަޑީގެ އުންޑަތަކުގެ ސަބަބުން ލިބުނު ޖިސްމާނީ ޒަޚަމްތަކުގެ އިތުރުން، ހަނގުރާމައިގެ ބިރުވެރި މާހައުލުގެ ސަބަބުން ސިލްސިލާކޮށް ކުރިމަތިވި ނަފްސާނީ ބޮޑެތި އަނިޔާތައް ހިމެނެއެވެ.

އެމެރިކާގެ މެޑިކަލް މަސްދަރުތަކުން ފާހަގަކުރާ ގޮތުގައި، ހަނގުރާމައިގެ މައިދާނުން އެނބުރި އަންނަ ގިނަ ސިފައިންނަށް 'ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ' އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ޒަޚަމްތަކާއި ވެސް ކުރިމަތިލާންޖެހިފައިވާއިރު މިއީ އެމީހުންގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ އަނިޔާތަކެއް ކަން ފާހަގަ ކޮށްފައި ވެއެވެ.

Advertisement

Advertisement 1

އެމެރިކާގެ އަސްކަރީ ހޮސްޕިޓަލްތަކުގެ ރެކޯޑްތަކުން ދައްކާގޮތުގައި، އެ މީހުންގެ ސިފައިން ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ދިގު މުއްދަތަކަށް ފަރުވާ ދޭންޖެހޭ އެންމެ ބޮޑު ސަބަބަކީވެސް މި ހަނގުރާމައިގެ ތެރެއިން ލިބުނު މިފަދަ އަނިޔާތަކެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމަވެރި ސަރަހައްދުތަކުން ޒަޚަމްވެގެން ކުއްލި ގޮތަކަށް ވައިގެ މަގުން ގެންނަ ސިފައިންގެ އަދަދު ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް އެމެރިކާގެ މަސްދަރުން ބުނެއެވެ.

މިހާ ގިނަ އަދަދެއްގެ ސިފައިންނަށް އަނިޔާވެ ބޭސްކުރަން ޖެހުމަކީ އެމެރިކާގެ ދިފާއީ ބަޖެޓަށާއި އަސްކަރީ ސިއްހީ ނިޒާމަށް ނުބައްދަލު ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ކަމެކެވެ.

ހަނގުރާމައިގެ ސަބަބުން ސިފައިންނަށް ލިބެމުންދާ މި ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ހަނގުރާމަވެރި ސިޔާސަތުތަކަށް އެގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހުގައިވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެމެރިކާހަނގުރާމަމެދުއިރުމަތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

23 ގަޑިއިރު ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

3 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

3 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

4 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

5 ދުވަސް ކުރިން - 21:05

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

7 ދުވަސް ކުރިން - 10:30