Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އެގައުމުގެ ސަރުކާރުން: ޔޫކްރެއިން

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އެގައުމުގެ ސަރުކާރުން: ޔޫކްރެއިން

އައިޝަތު ރުވާ ރިފްޢަތު
193 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 15:30
ޔުކްރެއިންގެ ރައީސް ޒެލެންސްކީ---
ޔުކްރެއިންގެ ރައީސް ޒެލެންސްކީ---
ޚުލާސާ

ޔޫކްރެއިނުން ބުނެފައިވަނީ، އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެގައުމުގެ ވެރިކަންކުރާ ނިޒާމުގެ ތެރޭގައި އޮތް އަނިޔާވެރިކަމާއި، ގާނޫނީ ގޮތުން ފިޔަވަޅު ނޭޅި ސަލާމަތްވުމުގެ ސަގާފަތުގެ ނަތީޖާ ކަމަށް.

އީރާނުގެ މަސްރަހު މިހާރު ގޯސްވެފައިވަނީ އެގައުމުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ، ޔޫކްރެއިނުގެ ފޮރިން މިނިސްޓްރީން އީރާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެގައުމުގެ ވެރިކަން ކުރާ ނިޒާމުގެ ތެރޭގައި އޮތް އަނިޔާވެރިކަމާއި، ގާނޫނީ ގޮތުން ފިޔަވަޅު ނޭޅި ސަލާމަތްވުމުގެ ސަގާފަތުގެ ނަތީޖާ ކަމަށެވެ. އަދި މި ހާލަތުގެ ޒިންމާ އީރާނުގެ ކަމާބެހޭ ފަރާތްތަކުން އުފުލަންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޔޫކްރެއިނުން ބުނި ގޮތުގައި އެގައުމު އޮތީ އީރާނުގެ ރައްޔިތުންނާ އެކުގައެވެ. އަދި އީރާނުގެ ސަރުކާރު ބަދަލުކުރުމަށް ކުރަމުންދާ ގޮވާލުންތައް ޔޫކްރެއިނުން ވަނީ އަނެއްކާވެސް ތަކުރާރުކޮށްފައެވެ

Advertisement

Advertisement 1

މިހާރު ހިނގަމުންދާ ކަންތައްތަކުގެ އަސްލު ސަބަބަކީ އީރާނުގެ ރެޖީމުން ހިންގާ އަނިޔާވެރިކަމާއި، އިންސާފުން އެއްކިބާވެ ތިބެ ހިންގާ އަމަލުތަކެވެ. ވަކިން ހާއްސަކޮށް ފާއިތުވި މަސްތަކުގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރި މީހުން މެރުމާއި، އެމީހުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ،" ޔޫކްރެއިންގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އީރާނުގެ ސަރުކާރުން އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގައުމުގެ މަސްރަހު ނުތަނަވަސްވެ، ބައިނަލްއަގުވާމީ މައިދާނުގައި އީރާނު އެކަހެރިވަމުންދާކަންވެސް ޔޫކްރެއިނުން ފާހަގަކުރެއެވެ.

މި ބަޔާނަކީ އީރާނުގެ އެކި ސަރަހައްދުތަކުގައި ގޮވުންތަކުގެ އަޑު އިވި، މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެކެވެ. ޔޫކްރެއިނުން ވަނީ އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް، އެގައުމުގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އީރާން - އެމެރިކާއެމެރިކާޔުކްރޭންއިސްރާއީލްއީރާންހަނގުރާމައީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

2 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

5 ދުވަސް ކުރިން - 14:42

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50