ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލައިފި އެވެ.
ކަށި މިޔަރުގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އަދި އެ ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިފައިވާ ގަވާއިދު ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ މި މެނޭޖްމަންޓް ޕްލޭން އަދި ގަވާއިދުގެ އެންމެ ބޮޑު މަގުސަދަކީ ކަށިމިޔަރުގެ މަސްވެރިކަން ރާވައ،ި ހިންގުމުގެ ނިޒާމެއް ގާއިމުކޮށ،ް ޒިންމާދާރު ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުން ކަމަށެވެ. އަދި ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލާފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭގޮތުން މިވަގުތު ލިބެން ހުރި މައުލޫމާތަށް ބިނާކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިގޮތުން ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށާއި ކަމާގުޅޭގޮތުން ޝާއިއުކޮށްފައިވާ ދިރާސާތަކަށް ރިއާޔަތްކުރުމުގެ އިތުރުން މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަން ކޮށްފައިވާ ބައެއް ރަށް ރަށުގެ މަސްވެރިންނާއ،ި ކަމާ ގުޅޭ އިދާރާތަކާއ،ި ބައެއް ޖަމިއްޔާތަކާއި ކަމާ ބެހޭ މާހިރުންނާ މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ކުރެވޭ ކަށިމިޔަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ އޭގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭ އަދި އޭގެ ސަބަބުން މިޔަރު ފަދަ އެންމެހައި ރައްޔިތުންގެ ހިއްސާ އޮންނަ އާންމު މުދަލުން ނަފާ ހޯދަމުންދާ އެހެނިހެން ފަރާތްތަކަށް ލިބޭ މަންފާ މަދު ނުވާނެ ފަދަ ގޮތަކަށް ރޭވިގެން ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން މާއްދާތަކެއް ގަވާއިދުގައި ހިމަނާފައިވާނެ އެވ.ެ
އެގޮތުން މި މަސްވެރިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ލައިސަންސްކުރުމުގެ އިތުރުން އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިން ޑިވައިސް އެއް ހަރުކުރަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވ.ެ މަސްވެރިކަމުގެ ލައިސަންސް އެންމެ ގިނައިން ދޫކުރެވޭނީ 40 އުޅަނދަށް ކަމަށާއި މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވ.ެ
އަދި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އެހެން ގޮތަކަށް އަންގަންދެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވ.ެ މީގެ އިތުރުން ފަރުތަކާއި ފަޅުތެރޭގައި އާންމުކޮށް އުޅޭ މިޔަރާއި ފަރުގެ އުފެއްދުންތެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ އެހެނިހެން ބާވަތްތައް މި މަސްވެރިކަމުގައި ހިފޭ މިންވަރު މަދުކުރުމަށްޓަކައ،ި އަދި މި މަސްވެރިކަމުގެ ސަބަބުން އެބާވަތްތަކަށް ލިބިދާނެ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައިވެސް ފިޔަވަޅުތައް ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވ.ެ






