މިމަހުގެ މިހާތަނަށް މަސްވެރިންނަށް 25 މިލިޔަން ރުފިޔާ ދޫކޮށްފި

އަހްމަދު އީޒާން | 14 ގަޑިއިރު ކުރިން - 15 ޖޫން 2025 15:45
ދިވެހި މަސްވެރިން ދޮށީ މަސްވެރިކަން ކުރަނީ.
ދިވެހި މަސްވެރިން ދޮށީ މަސްވެރިކަން ކުރަނީ.
ޚުލާސާ

މިފްކޯ އިން ބުނީ މި މަހުގެ މިހާތަނަށް މުޅި ޖުމްލަ 25 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް.

މިމަހުގެ މިހާތަނަށް މަސްވެރިންނަށް 25 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަފުތާގައި އެ ކުންފުންޏަށް 165 ދޯންޏެއް މަސްކިރުވާފައިވެ އެވެ. އެ ދޯނިތަކުން ކިރުވި މަހަށް ފުރަތަމަ ހަފުތާގައި 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެއީ މޭމަހުގެ ފުރަތަމަ ހަފުތާ އާއި އަޅާ ބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެކެވެ.

މިމަހުގެ ދެވަނަ ހަފުތާގައި މަސްވެރިންނަށް ދޫކުރި ފައިސާ ވަނީ ފުރަތަމަ ހަފުތާއާއި އަޅާބަލާއިރު ދަށްވެފަ އެވެ. ބެލެވޭ ގޮތުގައި އެއީ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާއި ދިމާކޮށް މަސް ނުކިރުވާތީ އެވެ.

މި މަހުގެ ދެވަނަ ހަފުތާގައި މިފްކޯއަށް 111 ދޯންޏަކުން މަސްކިރުވި އެވެ. އެ ދޯނިތަކަށް ވަނީ 8.3 މިލިޔަން ރުފިޔާ ދޫކޮށްފަ އެވެ.

އެއާއެކު, މި މަހުގެ މިހާތަނަށް މުޅި ޖުމްލަ 25 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ.

ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި އަންނަނީ ފައިސާ ދޫކުރަމުންނެވެ. މި ވައުދު ތަންފީޒުކުރަން ފެށީ މިިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%