ދިވެހި ސަރުކާރުން ފޮރިން އިންވެސްޓްމަންޓް ބިލް ހުށަހަޅައި، 1979 ވަނަ އަހަރު ފާސްކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު، މި އާ ގާނޫނުގެ މަގުސަދަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރުން ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު ފާހަގަކުރައްވައިފިއެވެ. 

ބިލުގައި ފޮރިން އިންވެސްޓްމަންޓަށް ސާފު ގަވާއިދުތަކެއް ކަނޑައަޅާފައިވާއިރު، ލައިސަންސް ދިނުމުގެ އުސޫލުތަކާއި ގާނޫނީ ރައްކާތެރިކަން ވެސް ހިމެނެ އެވެ. އަދި ފެހި އިންވެސްޓްމަންޓް މާހައުލެއް އުފެއްދުމާއި ބަދަލު ދިނުމުގެ ހަރުދަނާ ނިޒާމުތަކެއް ކަށަވަރު ކުރުމަށް ވެސް ފޯކަސް ކުރެ އެވެ. ބިލްގެ ތެރޭގައި ހިމެނޭ ހާއްސަ މާއްދާތަކުގެ މަގުސަދަކީ އިންވެސްޓަރުންގެ މަސްލަހަތު ރައްކާތެރިކޮށް، ފުރިހަމަ ހިމާޔަތް ދިނުމާއި އިންވެސްޓްމަންޓްތައް ބެލެހެއްޓުމަށް ހާމަކަން ބޮޑު ސިޔާސަތެއް ގާއިމް ކުރުމެވެ.  އެ ބިލްގެ މަގުސަދަކީ 45 އަހަރުވީ ފޮރިން އިންވެސްޓްމަންޓް ގާނޫނު އޯވަހޯލް ކުރުމެވެ.

މި އަޕްޑޭޓް ކުރެވިފައިވާ ޤާނޫނުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެ، ބައިނަލްއަޤްވާމީ އިތުރު އިންވެސްޓްމަންޓްތައް ދިވެހިރާއްޖަށް ގެނެވޭނެ ކަމަށް ބެލެވެއެވެ.