Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަނީ

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަނީ

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތައް ކުރަމުން އަންނަނީ ވަޓްސްއެޕުން ކަމަށެވެ. ޝިފާން ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރަކުން ފުލުހުން ނުގުޅާނެ ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

894 ދުވަސް ކުރިން - 19:42

މިދިޔަ 5 އަހަރު އައްޑޫ ފެނުގެ ނިޒާމު ރަނގަޅުކުރަން އެއްވެސް ކަމެއް ނުކުރޭ: ފެނަކަ

މިދިޔަ 5 އަހަރު އައްޑޫ ފެނުގެ ނިޒާމު ރަނގަޅުކުރަން އެއްވެސް ކަމެއް ނުކުރޭ: ފެނަކަ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައިކުރާ ޕްލާންޓަށް މައްސަލައެއް ދިމާވެ، ފެނުގެ ހިދުމަތަށް ވަނީ ބުރޫއަރާފައި. މިދިޔަ 5 އަހަރުގެ ތެރޭގައި މެއިންޓަނެންސް އާއި ސާވިސްގެ މަސައްކަތްތައް ޝެޑިއުލްއާ އެއްގޮތަށް ކޮށްފައިނުވާއިރު، އައްޑޫ ފެނުގެ ހާލަތު ދަށަށް ދިޔައީ އެ ސަބަބާ ހުރެ ކަމަށް ފެނަކައިން ވަނީ ބުނެފައި

894 ދުވަސް ކުރިން - 16:09

އިއްޔެ ވޯޓުލާން ނިސްބަތުން އެންމެ މަދުން ނުކުތީ ވެލިދޫ މީހުން

އިއްޔެ ވޯޓުލާން ނިސްބަތުން އެންމެ މަދުން ނުކުތީ ވެލިދޫ މީހުން

އިއްޔެ ވޯޓުލާން އެންމެ މަދުން ނުކުތީ ވެލިދޫ މީހުންނެވެ. މި ހަ ރަށުން ވޯޓު ދިނުމުގެ ޙައްޤު ލިބިފަިއވަނީ ޖުމްލަ 5267 މީހުންނަށެވެ. އޭގެތެރެއިން ވޯޓު ލާން ނުކުތީ 2726 މީހުންނެވެ. މުޅި ޖުމްލަ ބާޠިލް ވޯޓަކީ 60 އެވެ. އެންމެ ގިނައިން ބާޠިލް ވޯޓު ލާފައި ވަނީ މ.މަޑުއްވަރީއާއި ނ.ވެލިދޫ އިންނެވެ. މިއިން ކޮންމެ ރަށަކުންވެސް ޖުމްލަ 11 ގަނޑު ވަނީ ބާޠިލް ވެފައެވެ.

895 ދުވަސް ކުރިން - 04:56

މޯލްޑިވިއަން އިން ކޮޗިންނާއި ޓްރިވެންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ

މޯލްޑިވިއަން އިން ކޮޗިންނާއި ޓްރިވެންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ

މި ހިނގާ ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަން އިން ކޮޗިންއާއި ޓްރިވެންޑްރަމްއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

895 ދުވަސް ކުރިން - 21:34

ދެ ދައުރުގައި އީސީގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ އިސްލާހު އުވާލައިފި

ދެ ދައުރުގައި އީސީގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ އިސްލާހު އުވާލައިފި

ދެ ދައުރުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަން ކޮށްފިނަމަ އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް ޤަވާއިދަށް ގެނައި އިސްލާހު އުވާލައިފިއެވެ.

895 ދުވަސް ކުރިން - 21:27

ކޮންގްރެސް ޕާޓީގެ ހަ މެމްބަރުންހައްޔަރުކޮށްފި

ކޮންގްރެސް ޕާޓީގެ ހަ މެމްބަރުންހައްޔަރުކޮށްފި

މީޑީއާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ފޭކް ވީޑިއޯ ކްލިޕްތަކެއް ހެދި އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެމްބަރުންތަކެއް ހައްޔަރު ކޮށްފިއެވެ. މޯދީގެ ސަރުކާރަށް ފާޑުކިޔައި ކްލިޕްތައް ހެދި މީހުން ހައްޔަރުކުރި އިރު މި ދުވަސްވަރަކީ އިންޑިއާގެ އިންތިޚާބުގެ ދުވަސްވަރު ކަމުން އެފަދަ ފޭކް ކްލިޕްތަކުގެ ސަބަބުން ޙަޤީޤަތާއި ޚިލާފު ނުބައި މަޢުލޫމާތުތައް މީހުންނާއި ހަމަޔަށް ހަލުވި ކަމާއެކު ފޯރާނެއެވެ.

895 ދުވަސް ކުރިން - 18:28

ޕީއެންސީ ޖެހިޖެހިގެން 3 އިންތިޚާބު ކާމިޔާބު ކޮށްފި

ޕީއެންސީ ޖެހިޖެހިގެން 3 އިންތިޚާބު ކާމިޔާބު ކޮށްފި

ޕީއެންސީ މިވަނީ ޖެހިޖެހިގެން 3 އިންތިޚާބުވެސް ކާމިޔާބު ކޮށްފައެވެ. އިއްޔެގެ އިންތިޚާބުގައި ޕީއެންސީން ވާދަކޮށް ބައި-އިލެކްޝަން ކާމިޔާބުކުރީ 4 ރަށެއްގެ ކައުންސިލް މެމްބަރުކަމުގެ ގޮނޑިއެވެ. އެއީ ހއ. އުތީމު، ހއ. ތަކަންދޫ، ނ. ވެލިދޫ އަދި ރ. އިންނަމާދޫ ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކެވެ.

895 ދުވަސް ކުރިން - 06:01

ފެނަކައިން ހިންގި ފެނާއި ނަރުދަމާގެ މަޝްރޫއުތަކެެއް އެބްޑަބްލިއުއެސްސީއަށް؛ ބޭނުމަކީ އަވަހަށް ނިންމުން

ފެނަކައިން ހިންގި ފެނާއި ނަރުދަމާގެ މަޝްރޫއުތަކެެއް އެބްޑަބްލިއުއެސްސީއަށް؛ ބޭނުމަކީ އަވަހަށް ނިންމުން

ފެނަކައިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 2020 އަދި 2021 ގައި ހަވާލުކުރި 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަކީ ފެށުމަށްފަހު ހުއްޓިފައިހުރި މަޝްރޫއުތައް

896 ދުވަސް ކުރިން - 21:02

މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފި

މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް، މީޑިއާތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ތަރައްގީކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ކަނޑައަޅައިފި އެވެ.

896 ދުވަސް ކުރިން - 18:55

ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ކުރީ ޖެއްސުން: ވީޕީ

ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ކުރީ ޖެއްސުން: ވީޕީ

މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ޖެއްސުންކުރާ ތަނެއް ކަމަށާ ތަރައްޤީގެ ގިނަ ޕްރޮޖެކްޓުތައް ހުއްޓުވަން އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން މަސައްކަތް ކުރާކަމަށް ބުނެ ނައިބް ރައީސް ފާޑު ވިދާޅުވެއްޖެއެވެ.

896 ދުވަސް ކުރިން - 18:01

ނޫސްވެރިކަމުގައި ރާއްޖެ ފަހަތަށް ފޮނުވާލީ އެމްޑީޕީން : ރިޕޯޓަރސް ވިތައުޓް ބޯޑާސް

ނޫސްވެރިކަމުގައި ރާއްޖެ ފަހަތަށް ފޮނުވާލީ އެމްޑީޕީން : ރިޕޯޓަރސް ވިތައުޓް ބޯޑާސް

ނޫސްވެރިކަމުގައި ރާއްޖެ ފަހަތަށް ދިޔައީ މިސަރުކާރުން ކަންތައް ކުރި ގޮތުގެ ސަބަބުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފަތުރަނީ ދޮގު ވާހަކަތައްކަން ބައިނަލްއަޤްވާމީ ޖަމާޢަތުން ފަޅާއަރުވާލައިފިއެވެ. ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން ބުނީ ރާއްޖެ ހަ ދަރަޖަ ފަހަތަށް ދިޔަ މައިގަނޑު ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި، އެމްޑީޕީގެ މެޖޯރިޓީއާއެކު ނޫސްވެެރިންނަށް މަސްދަރު ހާމަކުރުން ލާޒިމްވާ ގޮތަށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ތަޞްދީޤު ކުރުމުގެ ސަބަބުންނެވެ.

896 ދުވަސް ކުރިން - 16:47

ޑްރެޖަރެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވެއްޖެ

ޑްރެޖަރެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވެގެން މީހަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

897 ދުވަސް ކުރިން - 00:52

Previous12345Next