ދިވެހި ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ސްކޭމް ކޯލްތައް ކުރަމުން އަންނަނީ ވަޓްސްއެޕުން ކަމަށެވެ. ޝިފާން ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރަކުން ފުލުހުން ނުގުޅާނެ ކަމަށް ވިދާޅުވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ނަމުގައި ސްކޭމް ކޯލްތަކެއް ހިންގި މައްސަލައެއް އެންމެ ފަހުން ފެންމަތިވެފައިވަނީ 2015 ވަނަ އަހަރުއެވެ.
މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަ ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފްލެޓް ލިބުނުކަމަށް ބުނެއާއި، ހައްޖާއި އުމްރާއަށް ގެންދިއުމަށާއި ލަކީ ޑްރޯތަކުން އިނާމު ލިބުނު ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާކަން ވަނީ ފާހަގަކުރެވިފައެވެ.



