ހުޅުމާލޭގައި ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވެގެން މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފަޅުތެރޭގައި މިއަދު ހެނދުނު 10:38 ހާއިރު ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށާއި، އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.
މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.



