Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑުތައް ކަނޑުވާލުމަށް ދޭ އެންމެ ވޯޓަކީވެސް ލަދުވެތި ވޯޓެއް ކަމަށް ރާއްޖެއިން ބުނެފި

ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އަޑުތައް ކަނޑުވާލުމަށް ދޭ އެންމެ ވޯޓަކީވެސް ލަދުވެތި ވޯޓެއް ކަމަށް ރާއްޖެއިން ބުނެފި

މިނިސްޓަރ ހައިދަރު ވިދާޅުވީ ސަލާމަތީ މަޖިލީހުގައި ނެގި އެންމެ ވޯޓެއްގެ ސަބަބުން ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމަކަށް ވުމަށް ހުރަސް އަޅާފައިވާކަމަށެވެ. އަދި ސަލާމަތީ މަޖިލީހުގެ 12 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އާންމު މަޖިލީހުގެ 140 އަށް ވުރެ ގިނަ މެމްބަރު ޤައުމުތަކުން ގޮވާލި ނަމަވެސް ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގޮވާލުންތަކަށް އެންމެ ވޯޓަކުން ހުރަސް އެޅުމުގެ ފުރުސަތު އޮތުމަކީ ލަދުވެތިކަމެއް ކަމަށް ހައިދަރު ވިދާޅުވިއެވެ.

898 ދުވަސް ކުރިން - 22:47

އެމްޑީޕީއަށް އިންތިޚާބު ގެއްލުނު ސަބަބު ދިރާސާކުރަނީ

އެމްޑީޕީއަށް އިންތިޚާބު ގެއްލުނު ސަބަބު ދިރާސާކުރަނީ

ފައްޔާޒް ވިދާޅުވީ ދިރާސާގައި ބެލުމަށް ނިންމާފައިވަނީ އެމްޑީޕީއަށް އިންތިޚާބުގައި ނާކާމިޔާބުވީ އެ ޕާޓީގެ ކެމްޕެއިން ކުރިއަށް ގެންދިޔަ ގޮތުންތޯ ނުވަތަ ލީޑަރޝިޕުގެ މައްސަލައެއްގެ ސަބަބުންތޯ ބެލުމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މާޙައުލަށް އައިސްފައިވާ ބަދަލަކީވެސް ކޮބާތޯ ބަލާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ދެން ކުރިއަށްދާނެ ގޮތެއް އިނގޭނީ އެ ދިރާސާއަށް ބެލުމަށްފަހު ކަމަށެވެ.

898 ދުވަސް ކުރިން - 22:09

އީސީގެ ސެކްރެޓަރީ ޖެނެރަލަކަށް އަބްދުﷲ އުނައިސް

އީސީގެ ސެކްރެޓަރީ ޖެނެރަލަކަށް އަބްދުﷲ އުނައިސް

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.

898 ދުވަސް ކުރިން - 21:02

ތިނަދޫގައި ވެމްކޯގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ތިނަދޫގައި ވެމްކޯގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން ތިނަދޫ ސިޓީގެ ގެތަކުން ކުނި ނެގުމުގެ ހިދުމަތު ފެށުމާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

898 ދުވަސް ކުރިން - 20:57

ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލަނީ

ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލަނީ

ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލުމަށް ސަރުކާރުން ހާއްސަ މަސައްކަތެއް ކުރަން ނިންމައިފިއެވެ.

898 ދުވަސް ކުރިން - 20:47

12 އަހަރުގެ ކުއްޖާއާ ބެހުނު 61 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

12 އަހަރުގެ ކުއްޖާއާ ބެހުނު 61 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

898 ދުވަސް ކުރިން - 20:37

ޗިކުންގުންޔާއާ ގުޅިގެން މާލެ އަދި ހުޅުމާލެ ފޮގުކުރަނީ

ޗިކުންގުންޔާއާ ގުޅިގެން މާލެ އަދި ހުޅުމާލެ ފޮގުކުރަނީ

މާލެ ސިޓީ ކައުންސިލުން ބުނީ މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަދުވަސްވަރަކަށް ވާތީ، މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސިޓީގެ އެކި ސަރަޙައްދުތައް ފޮގުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ހުޅުމާލޭގެ އެކި ސަރަޙައްދުތައް ފޮގުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޑީސީން ވެސް ވަނީ ބުނެފައެވެ.

898 ދުވަސް ކުރިން - 20:31

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމުގެ އޮޕަރޭޝަން ފަށައިފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމުގެ އޮޕަރޭޝަން ފަށައިފި

މި އޮޕަރޭޝަން މިއަދު ފަށާފައިވަނީ ކ.ހިންމަފުށީގައެވެ. މި އޮޕަރޭޝަނުގެ ފުލް ސްކޭލް ފޯކަސްއަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ތިބީ ކޮންތާކުތޯއާއި އެމީހުން ކުރަމުން އަންނަ މަސައްކަތާއި އެމީހުންގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުމެވެ. ހިންމަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތާއި ކެއްކުމާއި ކުނި ކެހުމުގެ މަސައްކަތުގައިވެސް ބިދޭސީން އުޅޭއިރު، އޭގެ ތެރެއިން ބައެއް ބިދޭސީންނަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަން ވަނީ ފާހަގަކުރެވިފައެވެ.

898 ދުވަސް ކުރިން - 20:19

ސްވިމިންގ އެސޯސިއޭޝަންގެ 5 ވަނަ އިންތިޚާބު ޖޫން 1 ގައި ބާއްވަނީ

ސްވިމިންގ އެސޯސިއޭޝަންގެ 5 ވަނަ އިންތިޚާބު ޖޫން 1 ގައި ބާއްވަނީ

ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަންގެ 5 ވަނަ އިންތިޚާބު ޖޫން 1 ގައި ބާއްވަން ނިންމާފައިވާއިރު، އިންތިޚާބު އޮންނާނީ އެކަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޖަލްސާއެއްގައި ކަމަށެވެ. އިންތިޚާބު ކުރިއަށްގެންދިއުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

898 ދުވަސް ކުރިން - 19:56

އާރްޓީއެލް މަޝްރޫޢުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކޮށްފި

އާރްޓީއެލް މަޝްރޫޢުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާރްޓީއެލް މަޝްރޫޢުގެ މިނިސްޓްރީރިއަލް ސްޓިއަރިންގ ކޮމިޓީއަށް އަލުން މެމްބަރުން އައްޔަންކޮށް، 29 އެޕްރީލް 2024 ވަނަ ދުވަހު ކޮމިޓީގެ ބައްދަލުވުންތައް ފަށާފައިވާކަމަށެވެ. އަދި އާރްޓީއެލް މަޝްރޫޢު ދެން ކުރިއަށްގެންދާނީ އަލަށް އުފެއްދި ކޮމިޓީގެ ލަފަޔާއި ނިންމުންތަކާއެކު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

899 ދުވަސް ކުރިން - 00:58

އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަނީ

އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަނީ

"ވިމެންސް ވިންގް" ގެ ނަމުގައި ގޮތްޕެއް ހެދުމަށް ނިންމާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އަންގާރަ ދުވަހު ބޭއްވި މަހާސިންތާއެއްގައެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ އަންހެނުންގެ ހަމަހަމަ ޙިއްސާ ލިބިގެންވާ އިންސާފުވެރި، ނަޒާހާތްތެރި އަދި ރައްޔިތުންގެ އިތުބާރާއި އިޙުތިރާމް ލިބިގެންވާ އަދުލުވެރި ހަރުދަނާ ނިޒާމަކަށް ހެދުން މުހިންމު ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

899 ދުވަސް ކުރިން - 00:40

ޗިކުންގުންޔާ ކޮންޓްރޯލެއް ނުވޭ، 134 ކޭސް ފެނިއްޖެ

ޗިކުންގުންޔާ ކޮންޓްރޯލެއް ނުވޭ، 134 ކޭސް ފެނިއްޖެ

މިދިޔަ 5 ހަފްތާގެ ތެރޭގައި 134 ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ގިނައީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން މާލެ ސަރަޙައްދުން ޗިކުންގުންޔާގެ 130 ކޭސް ފެނިފައިވާއިރު ބާކީ 4 ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

899 ދުވަސް ކުރިން - 00:22

Previous12345Next