ފުލުހުން ބުނީ "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުން ދިޔަ ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށެވެ. ފުލުހުން ވަނީ މީގެ ކުރިންވެސް އެއް ބަޔަކު ވެގެން އެކި ނަންނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕެއް ސީލްކޮށްފައެވެ.
899 ދުވަސް ކުރިން - 00:10
ޞާލިޙް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީން ވަނީ އިސްކޮށް ހަރަކާތްތެރިވެފައި ކަމަށެވެ. އެގޮތުން މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށްޓަކައި ޤާނޫނެއް ފާސްކުރެވިގެން ދިއުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
899 ދުވަސް ކުރިން - 23:56
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޙައްމަދު އާޒާދު އާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށްޓަކައި ފުރުޞަތު ހުޅުވާލާފައިވާއިރު، 7 މެއި 2024 ގެ 10:00 ގެ ކުރިން ޝަކުވާ ހުށަހެޅޭނެކަމަށް މަޖިލީހުން މަޢުލޫމާތުދެއެވެ.
899 ދުވަސް ކުރިން - 22:00
ސިވިލް ސަރވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައިވެސް މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމަށާއި އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް ނާސިޙް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
899 ދުވަސް ކުރިން - 21:22
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާ ކަމަށެވެ.
899 ދުވަސް ކުރިން - 19:18
އަޒުމްފުޅަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭ ހޯދައިދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
899 ދުވަސް ކުރިން - 19:09
ސަރުކާރު މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސްސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
899 ދުވަސް ކުރިން - 19:03
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޤާނޫނު އަސާސީއާއި ޚިލާފަށް ކަންތައްތައް ކުރާ ކަމަށާ، ބިދޭސީންގެ ނުފޫޒު ކޯޓުތަކަށް ވަދެފައިވާކަމަށް މާނަކުރެވެ މޭރުމަކުން ކެންދޫ ދާއިރާގެ މެމްބަރު ވާހަކަދައްކަވައިފި.
899 ދުވަސް ކުރިން - 18:13
ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން އެ އުޅަނދު ރާއްޖެއަށް އައުމަށްޓަކައި ތުރުކީން ފުރާފާއިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެ އުޅަނދު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ބައެއް ޤައުމުތަކަކީ ތުރުކީގެ ދިފާއީ އުފެއްދުންތައް ބޭނުންކުރާ ޤައުމުތައް ކަމުގައިވެސް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
900 ދުވަސް ކުރިން - 01:31
އެމްއެފްޑީއޭއިން ބުނީ ހަވާދުގެ ސާމްޕަލް ނަގަން ފެށި ނަމަވެސް އެ ސާމްޕަލްތައް ފޮނުވާނެ ޤައުމެއް އަދި ނުނިންމާ ކަމަށެވެ. އަދި އެ ސާމްޕަލްތައް ފޮނުވޭނެ ދުވަހެއްވެސް އަދި ނޭނގޭ ކަމަށް ބުންޏެވެ. ނަމަވެސް ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުގެ ކުރިން އެހެން ޤައުމަކުން އެކަމާ ގުޅޭ ގޮތުން އެލާޓެއް ނެރެފިނަމަ އެއަށް އަމަލުކުރާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
900 ދުވަސް ކުރިން - 01:13
މިޔަރު ގިނަވުމުގެ މައްސަލައަކީ މަސްވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން މިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރާނީތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރިޔަށް ދެއެވެ. ތަފާސް ހިސާބުތަކުން އެނގޭގޮތުގައި 1992 ވަނަ އަހަރު މިޔަރު ބަލަން ޑައިވިންއަށް ރާއްޖެ އައި ޓޫރިސްޓުންގެ ފަރާތުން އިގުތިސާދަށް 2.3 މިލިއަން ޑޮލަރު ލިބުނެވެ.
900 ދުވަސް ކުރިން - 00:44
ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަނީފް ސަސްޕެންޑުކޮށްފައިވަނީ ޑިރެކްޓާސް ބޯޑުގެ އޮޑިޓް ކޮމިޓީން ބަލަމުންދާ މައްސަލައެއްގައި ފައިނޭންސް ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާއި ޚިލާފަށް ކަންކަން ދާކަން ފާހަގަކުރެވުމުން ކަމަށެވެ.
900 ދުވަސް ކުރިން - 00:07