ދަޢުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ ޑިރެކްޓަރ ފައިނޭންސް އަހުމަދު ހަނީފް ސަސްޕެންޑުކޮށްފިއެވެ.
ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަނީފް ސަސްޕެންޑުކޮށްފައިވަނީ ޑިރެކްޓާސް ބޯޑުގެ އޮޑިޓް ކޮމިޓީން ބަލަމުންދާ މައްސަލައެއްގައި ފައިނޭންސް ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާއި ޚިލާފަށް ކަންކަން ދާކަން ފާހަގަކުރެވުމުން ކަމަށެވެ.
ޕީއެސްއެމްގެ ބަޔާނުގައި ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަޤާމުގެ މަސްއޫލިއްޔަތުން ހަނީފް އެކަހެރިކޮށްފައިވާ ކަމަށެވެ.
ހަނީފް ޕީއެސްއެމްގައި މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ އަހަރު ވަނީ ވެފައެވެ.



