ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޙައްމަދު އާޒާދު، ކޮކާގެ/ ހއ. ކެލާ އާ ގުޅޭގޮތުން ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލިއޭޓްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ފޮނުވާފައިވާކަމަށެވެ.
އެގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މުޙައްމަދު އާޒާދު އާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށްޓަކައި ފުރުޞަތު ހުޅުވާލާފައިވާއިރު، 7 މެއި 2024 ގެ 10:00 ގެ ކުރިން ޝަކުވާ ހުށަހެޅޭނެކަމަށް މަޖިލީހުން މަޢުލޫމާތުދެއެވެ.
ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް stateowned.enterprises_committee@majilis.gov.mv އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ ކަމަށް މަޖިލީހުން މަޢުލޫމާތުދެއެވެ.



