Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި ބައެއް ފޯމުތައް ބާތިލްކޮށްފި، ދެން އިތުރަށް ހުޅުވައެއް ނުލާނެ

ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި ބައެއް ފޯމުތައް ބާތިލްކޮށްފި، ދެން އިތުރަށް ހުޅުވައެއް ނުލާނެ

އެޗްޑީސީން ބުނީ މިދިޔަ ނޮވެމްބަރު މަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލުމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފްލެޓްތައް ވިކި ހުސްވިކަމަށް ޕޯޓަލް އިން ދެއްކި ކަމަށެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން އެޕްލިކޭޝަންތައް ބާތިލުކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

900 ދުވަސް ކުރިން - 23:55

ފުލުހުންގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ޖޫން މަހު ބޮޑުކުރަނީ

ފުލުހުންގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ޖޫން މަހު ބޮޑުކުރަނީ

ފުލުހުންގެ ތެރޭގައި އުޅޭ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އަންނަ ޖޫން މަހުގެ ތެރޭގައި ބޮޑުވާނެ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވެއްޖެއެވެ. އިހުސާން ވިދާޅުވީ މުސާރަތައް މުރާޖައާކުރަމުން އަންނަނީ ދަޢުލަތަށް ފައިސާ ވަންނަ މިންވަރަކުން ކަމަށެވެ.

900 ދުވަސް ކުރިން - 23:36

700 ފޭކް ޑޮމެއިން ނަމްބަރު ހުރީ ވިއްކާފައި، ޤާނޫނުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތު ދެނީ

700 ފޭކް ޑޮމެއިން ނަމްބަރު ހުރީ ވިއްކާފައި، ޤާނޫނުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތު ދެނީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުގައި 1400 ޑޮމެއިން ނަމްބަރު ބޭނުންކުރަމުން އަންނައިރު، 700 އެއްހާ ޑޮމެއިން ނަމްބަރަކީ ޞައްޙަ ނޫން ނަމްބަރުތަކެވެ. ޞައްޙަ ނޫން ގޮތުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް އެ ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިގެން ޤާނޫނީ ނިޒާމުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތު ދޭން ނިންމާފައިވާއިރު ވަރަށް އަވަހަށް އެކަމަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

900 ދުވަސް ކުރިން - 22:06

ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި އެއްކޮށް ހައްލު ކުރާނަން: މިނިސްޓަރު އިހުސާން

ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި އެއްކޮށް ހައްލު ކުރާނަން: މިނިސްޓަރު އިހުސާން

މި ބުރަ މަސައްކަތުގައި ފުރަތަމަ ކުރާ ކަމަކީ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓް ނެގުން. އަންނަ ބުރާސްފަތި ދުވަހު ކ. ހިންމަފުށިން ފަށާ އެ މަސައްކަތް، މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ފުޅާކޮށް، 2 އަހަރުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން މިނިސްޓަރު އިހުސާން ވަނީ ދެއްވާފައި

900 ދުވަސް ކުރިން - 21:28

65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީކާޑެއް ހަދަނީ

65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީކާޑެއް ހަދަނީ

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާގޮތަށް ހަދަން ނިންމީ، އެ ފަރާތްތަކުގެ އައިޑީކާޑު މުއްދަތު ހަމަވުމުން އާ ކުރުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނާތީއެވެ. އެކަން ކުރުމަށްޓަކައި ފަންނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަރުދާހެއް ތައްޔާރުކޮށް ކެބިނެޓަށް ފޮނުވާފައިވާއިރު، އެކަމުގައި ގޮތެއް ނިންމާނީ ކެބިނެޓުންނެވެ.

900 ދުވަސް ކުރިން - 21:23

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ. އެރަށު ގެއެއްގެ ތެރެއިން އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

900 ދުވަސް ކުރިން - 21:07

ފޮރިން މިނިސްޓްރީން ވަކިކުރި ފަހުމީއަށް އަލުން ވަޒީފާ ދީފި

ފޮރިން މިނިސްޓްރީން ވަކިކުރި ފަހުމީއަށް އަލުން ވަޒީފާ ދީފި

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ވަކިކުރެއްވި މުހައްމަދު ފަހުމީ ހަސަން އަށް އަލުން ވަޒީފާ ދީފި އެވެ.

900 ދުވަސް ކުރިން - 17:44

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަނީ

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަނީ

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

900 ދުވަސް ކުރިން - 17:37

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން؛ ސުންގަޑިއަކީ ބުރާސްފަތި ދުވަސް

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން؛ ސުންގަޑިއަކީ ބުރާސްފަތި ދުވަސް

މި ސަރުކާރުން ވަނީ ސްޓޫޑަންޓް ލޯނުގެ 500 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި. ލޯނަށް އެދުމުގެ ސުންގަޑި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30ގައި ހަމަވާނެ

901 ދުވަސް ކުރިން - 08:43

އެކަޑަމިކް ކަލަންޑަރަށް ބަދަލެއް؛ ބޮޑު ޗުއްޓީ ރޯދަމަހަށް

އެކަޑަމިކް ކަލަންޑަރަށް ބަދަލެއް؛ ބޮޑު ޗުއްޓީ ރޯދަމަހަށް

އަންނަ މަހު 26 ގައި ފަށާ 2024ގެ ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އަހަރު މާޗުގައި ނިމޭ ގޮތަށް އަދި ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ދިރާސީ އަހަރުގެ ކަލަންޑަރު ހަދައިފި އެވެ.

901 ދުވަސް ކުރިން - 01:26

މިރޭވެސް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މިރޭވެސް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިރޭވެސް ހުދު ސަމާލު ނެރެފިއެވެ.

901 ދުވަސް ކުރިން - 01:19

ޑްރޯންތަކާއި ގުޅިގެން ޣައްސާން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ޑްރޯންތަކާއި ގުޅިގެން ޣައްސާން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

ޑްރޯންތަކާއި ގުޅިގެން ޣައްސާން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްގެން މިއަދު ބާއްވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ޑްރޯންތައް ގަތުމުގައި ބޮޑެތި ކޮރަޕްޝަން ހިންގާފައިވާކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ކުރާ ކަންކަމަށްވާއިރު، އެކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކުރުމަށް އެމްޑީޕީން ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ގޮވާލާފައެވެ.

901 ދުވަސް ކުރިން - 00:15

Previous12345Next