މިއީ މިނިސްޓްރީތަކުން ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ސިލްސިލާކޮށް ބާއްވާ ފޯރަމެއް
901 ދުވަސް ކުރިން - 00:09
އިއްޔެގެ ނިޔަލަށް 762,125 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 81,914 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެގެ ތެރޭގައި ހިމެނެނީ ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، އިޓަލީވިލާތް އަދި ޖަރުމަނުވިލާތެވެ.
901 ދުވަސް ކުރިން - 23:15
ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެމްބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.
901 ދުވަސް ކުރިން - 22:51
ޖެނީވާގައި ހުންނަ ޕަލައިސް ޑެސް ނޭޝަންސްގައި ޔޫޕީއާރުގެ 46 ވަނަ ސެޝަން މިއަދު ފަށާފައިވާއިރު ދެ ހަފުތާގެ މުއްދަތަށް މި ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޔޫޕީއާރު އަކީ އދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ މުޅި ޙާލަތު މުރާޖައާކުރާ ސެޝަނެކެވެ. އ.ދ.ގެ މި މެކޭނިޒަމްގެ ސަބަބުން، އިންސާނީ ޙައްޤުތަކުގެ މަސްއޫލިއްޔަތުތަކާއި ވަޢުދުތައް ފުއްދުމުގައި ލިބިފައިވާ ކުރިއެރުންތައް އިޢުލާނުކުރުމުގެ ފުރުޞަތު، މުރާޖަޢާކުރަމުންދާ ޤައުމުތަކަށް ލިބިގެންދެއެވެ.
901 ދުވަސް ކުރިން - 22:34
މިއަދު ފާސްކުރި އިސްލާހުގައި ބުނާގޮތުން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިޢުކުރާތާ ތިން މަސް ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި އެހާތަނަށް ސަރުކާރުން ޙަވާލުކޮށްފައިނުވާ ގޯތިތައް ޙަވާލުކުރަން ޖެހޭނެކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
901 ދުވަސް ކުރިން - 21:12
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސް ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ސިވިލް ސަރވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރިގޮތުން މީހުން ލިބުން ދަތިނޫން މަޤާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުމުންނެވެ.
901 ދުވަސް ކުރިން - 20:35
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުން އަންނަކަމަށާއި މި ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. މިދިޔަ 5 ހަފްތާގެ ތެރޭގައި 78 ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ގިނައީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި މިހާތަނަށް މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ 25 އަހަރުން މަތީގެ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
901 ދުވަސް ކުރިން - 20:05
ފުލުހުންގެ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށާއި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި ބައިވެރިވުމާއި އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.
901 ދުވަސް ކުރިން - 19:50
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ފޮނުވި ދެ ނަމުގެ ތެރެއިން ފާތިމަތު ހަބީބާއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ތަޅުމަށް ފޮނުވި ދެ ނަމަކީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމެވެ.
901 ދުވަސް ކުރިން - 19:42
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 8 ޤައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރުހުން ދީފައިވަނީ ޔޫއޭއީ، އިނގިރޭސި ވިލާތް، އދ.، ސްރީލަންކާ، މެލޭޝިއާ، ބެލްޖިއަމް އާއި އީޔޫ، ސިންގަޕޫރު އަދި ޖެނީވާގައި ހުންނަވާނެ ރާއްޖޭގެ ސަފީރުންނަށެވެ.
901 ދުވަސް ކުރިން - 19:33
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
901 ދުވަސް ކުރިން - 17:26
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 8 ޤައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރުހުން ދީފައިވަނީ ޔޫއޭއީ، އިނގިރޭސި ވިލާތް، އދ.، ސްރީލަންކާ، މެލޭޝިއާ، ބެލްޖިއަމް އާއި އީޔޫ، ސިންގަޕޫރު އަދި ޖެނީވާގައި ހުންނަވާނެ ރާއްޖޭގެ ސަފީރުންނަށެވެ.
901 ދުވަސް ކުރިން - 19:33