ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 8 ޤައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުޙަލާގައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ރުހުން ލިބުނު 8 ސަފީރުންނަކީ:
މުޙައްމަދު ހުސެއިން ޝަރީފް (މުންދު) – ޔޫއޭއީ
އިރުތިޝާމް އާދަމް – އިނގިރޭސި ވިލާތް
އަލީ ނަސީރު މުޙައްމަދު (އަލިނީ) – އދ.
މަސްޢޫދު އިމާދު – ސްރީލަންކާ
މަރިޔަމް ޝަބީނާ އަހުމަދު – މެލޭޝިއާ
ގީލާ އަލީ – ބެލްޖިއަމް އާއި އީޔޫ
މުޙައްމަދު ލުވެއިޒު – ސިންގަޕޫރު
ޑރ. ސަލްމާ ރަޝީދު – ޖެނީވާ
މި 8 ބޭފުޅުންގެ އިތުރުން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަންކުރުމަށް ރުހުން ދިނުމަށްވެސް ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.



