ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
901 ދުވަސް ކުރިން - 17:26
ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ދެ ފަންގިފިލާއެއްގައި ތިބި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަމައަށް ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެެެވެ.
901 ދުވަސް ކުރިން - 17:06
ޔާމީނުގެ ވަކީލު ޢަބްދުﷲ ޝިޔާޒު އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ. ޝިޔާޒަކީ އެމިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
901 ދުވަސް ކުރިން - 14:16
ކޮންމެ ފަހަރަކުވެސް ސްކޫލް ބަންދާ ދިމާކޮށް ފްލައިޓުތަކަށް ޑީމާންޑް ބޮޑުވާތީ މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރެއެވެ. މޯލްޑިވިއަން އިން ވަނީ ހޯރަފުށި، ފަރެސްމާތޮޑާ، ގަން، ފުވައްމުލައް، ތިމަރަފުށި، މާފަރު، މަޑިވަރު އަދި ހަނިމާދޫއަށް ދަތުރު އިތުރުކޮށްފައެވެ.
902 ދުވަސް ކުރިން - 00:44
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައިވަނީ މިރޭ 21:30 އާ ހަމައަށެވެ. ރީނދޫ އެލާޓް ނެރެފައިވާ ސަރަޙައްދުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ ކަނޑުދަތުރުފަތުރު ނުކުރުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
902 ދުވަސް ކުރިން - 23:37
އައިސީއެމްއެސް އިން ދައުވާ ފޯމު ހުށަހެޅުމާއި ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަނާއި ފަނޑިޔާރުންނަށް ކޭސްތައް ހަމަޖެއްސުމާއި ކޭސް ޝެޑިއުލް ކުރުމާއި ކޯޓު އަމުރު ތައްޔާރުކުރުމާއި ހުކުމް ކުރުންވެސް ކުރިއަށްގެންދެވޭނެއެވެ. އަދި ޕަބްލިކް އެކްސެސް ޕޯޓަލް އިން އާއްމުންނަށް މައްސަލަތައް ގޮސްފައިވާ ހިސާބު ބެލުމާއި ކޯޓުތަކުގެ އިޖުރާޢަތްތައް ވެސް ދެނަގެނެވޭނެއެވެ.
902 ދުވަސް ކުރިން - 22:54
ހީނާ ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ނުވަދެވުނު ކަމަށްބުނެ މީޑީއާތަކުން ރިޕޯޓުކުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނާއެކު ވަދެވޭނެ އިންތިޒާމް ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
902 ދުވަސް ކުރިން - 22:33
"އަޖިއަލް ބައިލިންގުއަލް ސްކޫލް"ގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޫލުގައި 1200 ދަރިވަރުންނަށް ކިޔެވޭއިރު، ޕްރީސްކޫލުން ފެށިގެން ކިންޑާގާޑަންއާ ހަމައަށް ދަރިވަރުންގެ ސްކޫލް ފީއަކީ 5053 ރުފިޔާއެވެ. އަދި ގްރޭޑް 1 އިން ގްރޭޑް 3 އާ ހަމައަށް ދަރިވަރުންގެ ސްކޫލް ފީއަކީ 6333 ރުފިޔާއެވެ.
902 ދުވަސް ކުރިން - 21:56
ހީނާ ވިދާޅުވީ ވެލި އެޅުން ހުއްޓިފައި އޮތުމަކީ މަޝްރޫޢު ހުއްޓިފައި އޮތުން ނޫން ކަމަށާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓާއި ޑިޒައިނިންގެ އިތުރުންވެސް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރިއަށްދާކަމަށެވެ. އަދި ރައީސް މުޢިއްޒު ވިދާޅުވި ތާރީޚަށް މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ހީނާ ވިދާޅުވިއެވެ.
902 ދުވަސް ކުރިން - 21:06
ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށާއި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
902 ދުވަސް ކުރިން - 20:09
އެމްއެންޑީއެފް އިން ބުނީ ސިފްކޯ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަންތަން ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެއްބަސްވުމާ ޚިލާފުވާ މީހުންނަށް އެތަންތަން އަތުލުމަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
902 ދުވަސް ކުރިން - 19:22
ހީނާ ވިދާޅުވީ ވެލި އެޅުން ހުއްޓިފައި އޮތުމަކީ މަޝްރޫޢު ހުއްޓިފައި އޮތުން ނޫން ކަމަށާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓާއި ޑިޒައިނިންގެ އިތުރުންވެސް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރިއަށްދާކަމަށެވެ. އަދި ރައީސް މުޢިއްޒު ވިދާޅުވި ތާރީޚަށް މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ހީނާ ވިދާޅުވިއެވެ.
902 ދުވަސް ކުރިން - 21:06