ޔާމީނުގެ ވަކީލު ޢަބްދުﷲ ޝިޔާޒު އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
ޝިޔާޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި އަދި އޭގެފަހުން ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
މިހާރު މިނިވަންވެ ވަޑައިގެންފައިވާ ރައީސް ޔާމީނުގެ ޝަރީޢަތް އޭރު ލަސްވާތީވެ ޔާމީނުގެ އިސް ވަކީލު ޑރ.ޖަމީލް ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ޝަރީޢަތް ލަސްކުރައްވަނީ ސީދާ ރައީސް މުއިއްޒު ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެދުވަސްވަރު ވަކީލު ޝިޔާޒު ވިދާޅުވީ ރައީސް ޔާމީނުގެ ޝަރީޢަތް ލަސްކުރަނީ މިސަރުކާރުން ނޫންކަމަށާއި، އެކަން ކުރަނީ އެމްޑީޕީ ސަރުކާރުން ކަމަށެވެ.


