ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ކްރޮސްމެޗުގެ ސާމްޕަލް ނެގުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ސާމްޕަލް ނެގުމަށް ފަހު ފުރާނެއެވެ. މި ދަތުރުތަކުގެ ޚަރަދުތައް ކުރަނީ އިންޑިއާ ހޮސްޕިޓަލުންނެވެ. ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަރުވާ ހޯދަމުންދާއިރު، މި ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލުން ބޯންމެރޯ ހެދޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރ ޚަލީލް ވަނީ ވިދާޅުވެފައެވެ.
891 ދުވަސް ކުރިން - 21:05
ގައުމީ ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ރައީސް ވިދާޅުވި ފަދައިން މަގުމަތިވިޔަނުދީ ، ކުރިއެކޭ އެއްގޮތަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައި ދެއްވައިފިއެވެ.
891 ދުވަސް ކުރިން - 20:58
ޓެކްސީ ޤަވާއިދުގައިވާ ގޮތުން ބިދޭސީންނަށް ޓެކްސީ ކުރުމަށް ލައިސެންސް ދޫކުރަނީ ދިވެހި ދަޢުލަތުގެ ރެޒިޑެންޓް ވިސާ ލިބި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭނަމައެވެ. އެނޫން ގޮތަކަށް ބިދޭސީން ޓެކްސީ ކުރުމަކީ ޤަވާއިދާ ޚިލާފު ކަމަކަށް ވާއިރު އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
891 ދުވަސް ކުރިން - 20:36
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އެމްއޭސީއެލްގެ 10 މުވައްޒަފަކަށް ދީފިއެވެ. އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށާއި މި ފުރުޞަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ.
891 ދުވަސް ކުރިން - 19:44
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެހެން ކުންފުނިތައް ވެސް މިސްރާބު ޖަހާފައި ހުރީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް. އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މި ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ފަހިކޮށްދީފައި.
891 ދުވަސް ކުރިން - 19:14
ފަލަސްތީނު މުސްލިމުންނަށް އެހީތެރިވުމަށް ގޮސްތިބި ކުވެއިތުގެ ޑޮކްޓަރުން އިޒްރޭލު ސިފައިން ގަދަކަމުން ފަލަސްތީނު ބިމުން ބޭރުކޮށްލައިފިއެވެ.
891 ދުވަސް ކުރިން - 17:39
ފަލަސްތީނުގައި ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތައް ބޭޒާރުވާތީ އެފަދަ ފޮޓޯތައް މެޓާއިން ރިމޫވް ކުރަން ފަށައިފި. މިއީ ނޫސްވެރިންނަށް މެޓާއިން ދޭ ހަމަލާއެއް ކަމަށް އަލްޖަޒީރާއިން ސިފަކުރެއެވެ.
891 ދުވަސް ކުރިން - 16:36
ރަޝިއާގެ ރައީސް އައު ދައުރަކަށް ހޮވުމާއެކު ހުޅަނގަށް ދިނީ ބަހުގެ ހަމަލާއެކެވެ. އެއީ ކުރިޔަށް އޮތް ހަ އަހަރުގައިވެސް ރަޝިއާއާ ދެކޮޅަށް ކުރިމަތިލުމުގައި ކުރިޔަށް ދާނީތޯ ނުވަތަ ނޫންތޯއެވެ. ޕޫޓިން އަކީ ރަޝިއާއަށް ގައްދާރުވާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނެ މީހެއްކަން ހުޅަނގުން އަބަދުވެސް ގަބޫލުކުރެއެވެ.
891 ދުވަސް ކުރިން - 16:16
މޯލްޑިވިއަން އިން މިއަދު ގެނެސްފައިވަނީ 42-500 މަރުކާގެ ބޯޓެކެވެ. އެއާއެކު މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ އޭޓީއާރު-72ގެ ދެ ބޯޓާއި އޭޓީއާރު-42 މަރުކާގެ ބޯޓެކެވެ. މޯލްޑިވިއަން އިން ބުނީ އެ ކުންފުނީގެ ހުރިހާ ބޯޓެއް އޭޓީއާރަށް ބަދަލުކުރަން ނިންމީ ކުރިންސުރެ ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއެއިންޓެނެންސްގެ ޚަރަދު ބޮޑުވުމުން ކަމަށެވެ.
892 ދުވަސް ކުރިން - 00:40
ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަން ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އޭދަފުޢްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެރަށުން 183 ގޯއްޗަށް އެދުމުގެ ފުރުޞަތުވެސް ވަނީ މިހާރު ވަނީ ހުޅުވާލާފައެވެ.
892 ދުވަސް ކުރިން - 23:59
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުޞަތު ހުޅުވާލައިފިއެވެ. ހައުސިންގ މިނިސްޓްރީން ބުނީ ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 13 މެއި 2024 ވާ ހޯމަދުވަހުގެ ރޭ 23:00 ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
892 ދުވަސް ކުރިން - 23:45
އެޗްޕީއޭއިން ބުނީ މާޗު މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ޑެންގީ ހުމުގެ ޖުމްލަ 660 ކޭސް ފެނިފައިވާ ކަމަށެވެ. މިދުވަސްވަރު ޗިކުންގުންޔާވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، މިހާތަނަށް ޗިކުންގުންޔާގެ 240 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަޙައްދުން ފެނިފައިވާ ކޭސްތައް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
892 ދުވަސް ކުރިން - 23:26