ބ. އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަން ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމްވެސް ބައިވެރިވެލެއްވިއެވެ.
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅުއްވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.
އޭދަފުޢްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެރަށުން 183 ގޯއްޗަށް އެދުމުގެ ފުރުޞަތުވެސް ވަނީ މިހާރު ވަނީ ހުޅުވާލާފައެވެ.
ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކައަކީ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމޭއިރު ގެދޮރުވެރިކަން ކަށަވަރު ނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ.



