ރަޝިއާގެ ރައީސް ޕޫޓިން އައު ދައުރަށް ހުވާ ކުރެއްވުމާއެކު ހުޅަނގަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ކުރިޔަށް އޮތް ހަ އަހަރަށް ރަޝިއާގެ ރައީސްކަމަށް ވްލަޑްމީރު ޕޫޓިން އިންތިހާބުވެ ހުވާކުރެއްވުމާއެކު ހުޅަނގަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ޕޫޓިން ހުޅަނގަށް އެންގީ ކުރިޔަށް އޮތް ހަ އަހަރު ހުޅަނގުން ރަޝިއާއާ ކުރިމަތިލުމަކަށް ދާނީތޯ ނުވަތަ އެކުވެރިކަމާއެކު ގުޅުން ބާއްވާނީތޯ ނިންމާނީ ހުޅަނގުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާއާއި ނޭޓޯގެ ހަން ފަތުރަންވެގެން ކުރަމުންދާ މަސައްކަތުގައި ރަޝިއާ ކައިރިއަށް ނޭޓޯ ފުޅާކުރުމަށްޓަކައި ހުޅަނގުން ގެންދަނީ އެތައް ބިލިއަން ޑޮލަރެއް ކިއޭވްގެ ސަރުކާރަށް ހޭދަކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ރަޝިއާ ފަހަތަށް ޖެއްސުމުގެ ބަދަލުގައި ފެންނަމުންދަނީ ޔޫކްރޭނު ވީރާނާވެ ހުޅަނގުގެ ފައިސާ އިސްރާފު ވެގެންދާތަނެވެ.
ރަޝިއާއިން ޔޫކްރޭނު ހަނގުރާމަ ފެށިފަހުން މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވެގްނާ ގްރޫޕަށް ހުޅަނގުން ފަންޑުކޮށްގެން މޮސްކޯއާ ދިމާލަށް ކުރިމަތިލުމަކަށް ދާން އުޅުނު ހާދިސާއެވެ. އެހެންނަމަވެސް ޕޫޓިންގެ ހުޝިޔާރުކަމުން ވެގްނާ ފަހަތަށް ޖައްސާލައި ބެލަރޫސްގެ ސިފައިންނާއި އެއްކޮށްލީއެވެ. ބައެއް ފަރާތްތަކުން އޭރުވެސް ކުރި ހީތަކާއި އެއްގޮތަށް ވެގްނާގެ ލީޑަރު މަރުވެގެން ދިޔައީ ގޮތްނޭނގޭ ގޮތަކަށެވެ. އޭނާ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި އޭގައި ތިބި އެންމެން މަރުވީއެވެ. ނަމަވެސް މިކަމުގައި ރައީސް ޕޫޓިންގެ އަތެއް އޮތް ކަމަކަށް ނުވިއެވެ.
ހަބަރުތައް ބުނާގޮތުގައި ޕޫޓިން އަކީ އޭނާގެ ގައުމަށް ގައްދާރުވާ ކޮންމެ މީހަކު ވުޖޫދުން ފޮހެލާނެ މީހެކެވެ.
މިހަގީގަތް ހުޅަނގުން އަބަދުވެސް ގަބޫލުކުރާތީ، ޔުކްރޭނު ހަނގުރާމައަށް ނޭޓޯގެ ސިފައިން ރަސްމީ ސިފައިގައި ނުފޮނުވައެވެ. ނަމަވެސް ޔުކްރޭނު ސަރުކާރުގެ ޒެެލެންސްކީގެ ކޮންމެ އެދިލެެއްވުމަކަށް ވީ އެންމެ ރަނގަޅަށް ހުޅަނގުން ވަނީ މިހާތަނަށް އިޖާބަ ދީފައެވެ.



