ފޭސްބުކްގައި އިޒްރޭލާއި ދެކޮޅަށް ޕޯސްޓުކުރާ ފޮޓޯތައް މެޓާއިން ޑިލީޓް ކުރަން ފަށައިފިއެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހުޅަނގުގެ ގައުމުތަކުގެ ނުރުހުމާއި އަދި އަޑީގައި ތިބެގެން ދޭ ހިއްވަރާއިއެކު އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ފޮޓޯތައް މެޓާއިން ރިމޫވްކުރަނީ ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާ ބޭޒާރު ވިޔަ ނުދިނުމަށެވެ.
ފަލަސްތީނުގެ މަސްރަހުގެ ހަގީގަތް ހާމަކުރަމުންދާ ބައެއް ނޫސްވެރިންނާ ދެކޮޅަށްވެސް މެޓާއިން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން 7 ލައްކަ ފޮލޯވަރުން ތިބި އަލްޖަޒީރާ ޕްރެޒެންޓަރެއް ކަމަށްވާ އަލްމިޝާލް ގެ ޕްރޮފައިލްވެސް މެޓާއިން ވަނީ ފޮހެލާފައެވެ. އަލްޖަޒީރާއިން ސިފަކުރާ ގޮތުގައި މިއީ ސީދާ ނޫސްވެރިންނަށް މެޓާއިން ދެމުންދާ ހަމަލާއެކެވެ.


