ޝަހީމް ވިދާޅުވީ ފަލަސްތީނަށް ނަސްރު ނުލިބިގެން އެއުޅެނީ ދުޢާއެއް ނުކިޔައިގެނެއް ނޫން ކަމަށާއި އެކަމުގައި ހައްލު ކުރަން ޖެހޭ އެހެން ކަންކަންވެސް އެބަހުރި ކަމަށެވެ. ޝަހީމް ވިދާޅުވީ މުސީބާތް ބޮޑުވާ ހިނދު ޤުނޫތުލް ނާޒިލާ ކިޔުމަކީ ސުންނަތެއް ކަމަށާއި އެ ޤުނޫތު ނުކިޔުމުންވެސް ބަޔަކު ފާފަވެރި ވެގެން ނުދާނެ ކަމަށެވެ.
892 ދުވަސް ކުރިން - 21:25
ޝަހީމް ވިދާޅުވީ 'ދާރުއް ސަލާމް އިސްލާމީ ކޮމްޕްލެކްސް' ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ބިންގާ މި އަހަރު ތެރޭގައި އެޅި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ ވަޤުފްގެ އިތުރު އިމާރާތެއް މާލޭގައި ޤާއިމްކުރުމަށް މާލެއިން ރައީސުލްޖުމްހޫރިއްޔާ ބިމެއް ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. އެގޮތުން 'ދާރުލް އަރުޤަމް' ގެ ނަމުން ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ މަސައްކަތްވެސް މި އަހަރު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.
892 ދުވަސް ކުރިން - 21:04
މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
892 ދުވަސް ކުރިން - 20:59
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަޤާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެއެވެ. ސުންގަޑި ހަމަވިއިރު މުއާ ފިޔަވާ އިތުރު މީހަކު އެ މަޤާމަށް ކުރިމަތިލާފައި ނުވާތީ އިންތިޚާބެއް ނުބާއްވަން ކޮމިޓީން ވަނީ ނިންމާފައެވެ.
892 ދުވަސް ކުރިން - 19:35
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށް އޮތް 3 ދުވަހު ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
892 ދުވަސް ކުރިން - 19:20
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 3 ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްލިއިރު މުހިއްމު ގިނަ މަސައްކަތްތައް އަދިވެސް ހުރީ މަޖިލީހުގައި ފުނި ޖެހިފައެވެ.
892 ދުވަސް ކުރިން - 19:14
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި ކޮލެޖުން މަަަސްވެރިކަމާ ބެހޭ ކުދި ކޯސްތަކާއި ގައުމީ ޔުނިވާސިޓީން މިހާރު ހިންގާ މަސްވެރިކަމުގެ ކޯސްތައް ކުރިއަށްގެންދާނެ
893 ދުވަސް ކުރިން - 23:17
ޔަހޫދީން މިއަދު ރަފާގެ ފުރިހަމަ ކޮންޓުރޮލް ނަގައިފިއެވެ. އެމީހުންގެ މަގުސަދަކީ ރަފާ ސުނ2ނާފަތި ކޮށްލުމ4ވެ. އެތަނުގައި ފަލަސްތީނު މިލިއަނަކަށްވުރެ ގިނަ މީހުން ތިބިއިރު ރޭ ދިންހަމަލާތަކުގައި 20 މީހުން ޝަހީދު ވިއެވެ. ޔަހޫދީން ބުނަނީ ރަފާއަށް ހަމަލާ ނުދީފިނަމަ ޔަހޫދީންނަށް ކާމިޔާބެއް ނުލިބޭނެއެވެ.
893 ދުވަސް ކުރިން - 21:39
މީހަކު ކުށެއް ކުރުމުން އޭގެ ވީޑިއޯ ނަގައި އެމީހާ ފަޟީޙަތް ކުރުމަށް މަސައްކަތް ނުކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފިއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ބަދަލުހިފުމުގެ ރޫހު ނައްތާލުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އެޅެއެވެ.
893 ދުވަސް ކުރިން - 19:37
އުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.
893 ދުވަސް ކުރިން - 18:48
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ.
893 ދުވަސް ކުރިން - 18:37
އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ރަފަހަށް އެރުން ހުއްޓުވަން ރާއްޖެއިން ކުރެވެން އޮތް ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
893 ދުވަސް ކުރިން - 18:29