އައްޒާއާ މިސްރުގެ މައި ބޯޑަރު ހުރަސްކުރާ ރަފާގެ ކޮންޓުރޯލް އިޒްރޭލުގެ ސިފައިން މިއަދު ނަގައިފިއެވެ.
އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން ބުނީ ތެލްއަވީވްގެ އަހުލުވެރިންނަށް ޓާގެޓްކޮށް ހަމަލާ ދިނުމަށްޓަކައި ރަފާގައި ހަމާސްއިން ރޭވުންތައް ރާވަމުންދާ ކަމަށާ އެހެންކަމުން އެއްގަމު މަގުން އަރައި ރަފަހްގެ ތަންތަން ފާސްކުރަން ހިންގާ ހާއްސަ އަސްކަރީ އޮޕަރޭޝަނަށްފަހު އެ ބިމުން ފައިބާނެ ކަމަށެވެ.
ހަމާސްއިން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ނިންމީ އިޒްރޭލު ސިފައިން ރަފަހް އަށް އަރަން ތައްޔާރުވެ ޓެންކަރުތައް ރަފަހްގެ ތެރެއަށް ވަންނަން މިސްރާބު ޖެހުމުންނެެވެ.
ހަމާސްގެ މުޖާހިދުން ރަފަހްގައި ރޭވުންތެރި ހަމަލާތަކެއް އިޒުރޭލާ ދެކޮޅަށް ދޭން އުޅޭ ކަމަށް އިޒްރޭލުން ބުނެއެވެ. ރޭ ރަފަހް އަށް ހަމަލާ ދިނީ އެހެންވެ ކަމަށްވެސް ޔަހޫދީން ބުނެއެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނީ އިސްރާއީލުގެ ޓެންކްތަކާއި ބޯޓުތަކުން ރަފާހުގެ ބައެއް ސަރަހައްދުތަކަށާއި ގެތަކަށް ރޭ ބޮން އަޅައި ފަލަސްތީނުގެ 20 މީހަކު މަރާލާފައި/ޝަހީދު ކޮށްލި ކަމަށެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
ޣައްޒާ ބޯޑަރު ކްރޮސިން އޮތޯރިޓީގެ ތަރުޖަމާނު ހިޝާމް އަދުވާން ވިދާޅުވީ ރަފާ ބޯޑަރު ބަންދުކުރުމަށް ފަހު އިސްރާއީލުން ދަނީ ހަމާސްގެ އެތައް ހާސް ހަނގުރާމަވެރިންނާއި ދިހަވަރަކަށް ރަހީނުން ތިބި ކަމަށް ބުނާ ރަފާއަށް ނުރައްކާތެރި އިންޒާރު ދެމުންނެވެ.
އިޒްރޭލުން ބުނަނީ އެމީހުންގެ ކާމިޔާބީ ގުޅިފައިވަނީ ރަފާއާ ކަމަށެވެ.



