މުހިންމު މަސައްކަތްތައް ނުނިމި ފުނިޖެހިފައި ހުއްޓާ ތިން ފަހަރުމަތިން ޖަލްސާ ބާއްވަން އުޅެގެންވެސް އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނުބޭއްވި ކެންސަލް ކޮށްފިއެވެ.
މިއަދު ޖަލްސާގެ އެެޖެންޑާގައި އޮތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިޔަށް ގެންދިޔުމެވެ.
ޖަލްސާ ކުރިޔަށް ގެންދިޔުމަށް ޓަކައި މަޖިލީހުގެ ފުލޯގައި ތިބީ އެންމެ 10 މެމްބަރުންނެވެ. ދެންތިބި އިއްޒަތްތެރި މެމްބަރުން ޖަލްސާއަށް ވަޑައިނުގެން ތިއްބެވީ ހަޓުގައެވެ. އެންމެ ފުރަތަމަ 9 ޖެހިއިރު ޖަލްސާ ބާއްވަން އެންގުމުން އެގަޑީގައި ކޯރަމް ހަމަނުވެގެން 10 ޖަހާއިރަށް އެޖެންޑާ ކުރިއެވެ. ނަމަވެސް މެމްބަރުން ޖަލްސާ ކުރިޔަށް ގެންދިޔުމަށް އެތެރެއަށް ވަޑައިނުގެންނެވުމުން އަނެއްކާ 11 ޖެހިއިރަށް އެޖެންޑާ ކޮށްފަ ދެންވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރެއްވިކަމަށް ރިޔާސަތުން އެންގެވިއިރި ކޮމެޓީ މަސައްކަތްތައްވެސް ހުރީ ފުނިޖެހިފައެވެ.
19 ވަނަ މަޖިލީހުގެ ދައުރު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު އެންމެ ފަހު ޖަލްސާ އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.



