Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ކުރަނގި އޮޕަރޭޝަންގެ ތެރެއިން 532 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ހޯދައިފި

ކުރަނގި އޮޕަރޭޝަންގެ ތެރެއިން 532 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ހޯދައިފި

ކުރަނގި އޮޕަރޭޝަން ފަށާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކ. ހިންމަފުށީގައެވެ. މި އޮޕަރޭޝަނާ ގުޅޭ ގޮތުން މިނިސްޓަރ އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް އެރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރުގެ ފޮޓޯ) ނަގާ، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑުކޮށްފައިވާ ކަމަށެވެ.

890 ދުވަސް ކުރިން - 23:42

އަރަބި މާކެޓުގައި ފަތުރުވެރިކަން ޕްރޮމޯޓްކޮށް، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް އެބަކުރަން - ނޫރެއިން

އަރަބި މާކެޓުގައި ފަތުރުވެރިކަން ޕްރޮމޯޓްކޮށް، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް އެބަކުރަން - ނޫރެއިން

ފަތުރުވެރިކަމުގެ ދާއިރާ އަރަބި މާކެޓަށް ޕްރޮމޯޓްކޮށް އެ ސަރަހައްދުން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ގެ ޗެއާޕާސަން އައިޝަތު ނޫރެއިން ޖަނާހު ވިދާޅުވެއްޖެއެވެ.

890 ދުވަސް ކުރިން - 22:39

ބިންހިއްކުމާއި ފަޅުކޮނުން ފަދަ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

ބިންހިއްކުމާއި ފަޅުކޮނުން ފަދަ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އީޕީއޭ އިން ވަނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފަރުތަކަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތަކާއި، އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައެވެ. އެގޮތުން ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.

890 ދުވަސް ކުރިން - 21:10

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔަކަމަށް ޤަބޫލެއް ނުކުރެވޭ: އުމަރު ނަސީރު

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔަކަމަށް ޤަބޫލެއް ނުކުރެވޭ: އުމަރު ނަސީރު

އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއިން ވަނީ ތަކުރާރުކޮށް ދިވެހި ސަރުކާރަށް ކަންތައްތައް އޮޅުވާލާފައި ކަމަށެވެ. އަދި އެމީހުންގެ އަސްކަރިއްޔާ ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ބުނެ ދައްކާ ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށާއި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ވަރަށް ބޮޑަށް އެބަ އޮތް ކަމަށް އުމަރު ވިދާޅުވިއެވެ.

890 ދުވަސް ކުރިން - 20:54

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އަންހެނަކު ނިޔާވެއްޖެއެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ އެމީހާ ނިޔާވެފައިވަނީ މައްކާގައި ކަމަށާއި މަރްހޫމާގެ ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

890 ދުވަސް ކުރިން - 19:39

އުމްރާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި

އުމްރާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.

890 ދުވަސް ކުރިން - 19:30

އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ޤައުމު އިސްކުރާ ޖީލެއްގެ ގޮތުގައި ކުދިން ބޮޑުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ޤައުމު އިސްކުރާ ޖީލެއްގެ ގޮތުގައި ކުދިން ބޮޑުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ޤައުމު އިސްކުރާ ޖީލެއްގެ ގޮތުގައި ކުދިން ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެެވެ.

890 ދުވަސް ކުރިން - 19:22

ހުޅުމާލެއިން ބިން ގަތުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި

ހުޅުމާލެއިން ބިން ގަތުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި

1864.00 – 2408.00 އަކަފޫޓުގެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީން ބުނީ ފުރަތަމަ މަރުޙަލާގައި އޮންނާނީ ޕޯޓަލް މެދުވެރިކޮށް ޝައުޤުވެރިވެލައްވާ ބިމަށް އެކްސްޕްރެސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށެވެ. އަދި ދެވަނަ މަރުޙަލާގައި އޮންނާނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑްކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

891 ދުވަސް ކުރިން - 00:53

ފުލުހުންނާއި އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ސްކޭމް ކޯލްތަކެއް ކުރަނީ

ފުލުހުންނާއި އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ސްކޭމް ކޯލްތަކެއް ކުރަނީ

ފުލުހުން މިއަދު ބުނީ އެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ގުޅައިގެން އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މަޢުލޫމާތު ދިނުމަށް އެދެމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

891 ދުވަސް ކުރިން - 00:21

މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން އިންސްޓޯލް ކުރާ ނިޒާމުތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން އިންސްޓޯލް ކުރާ ނިޒާމުތަކެކެވެ. މި އެއްބަސްވުމުގެ ދަށުން ގެނެވޭ 3 މެގަވޮޓްގެ ތެރޭގައި ހިމެނެނީ 3 ކިލޯވޮޓްގެ 375 ނިޒާމާއި 5 ކިލޯވޮޓްގެ 375 ނިޒާމެވެ.

891 ދުވަސް ކުރިން - 23:04

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ހައުސިންގ މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިންގ ޤަވާއިދުގެ ހަތް ވަނަ އިސްލާޙުގައިވާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތްކުރެވޭނެއެވެ. އަދި މިފަދަ އެއްވެސް އިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

891 ދުވަސް ކުރިން - 22:44

އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ބާލައިފި

އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ބާލައިފި

ރައީސްގެ ވައުދާ އެކު ވިދާޅުވި މުއްދަތުގެ ކުރިން ހުރިހާ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބާލައިފިއެވެ

891 ދުވަސް ކުރިން - 22:18

Previous12345Next