މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ މެހެމާންދާރީގައި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެ ކަނބަލުން ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. އެ ބައްދަލުވުމުގައި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރުމުން އެ ދަތިތައް ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި
888 ދުވަސް ކުރިން - 01:14
ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތައް ފެންބޮޑުވެ، ގޭބިސީތަކަށް ގެއްލުން ލިބޭ މައްސަލައަކީ ދުވަސްވީ މައްސަލައެއް. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަސުން މާލޭގެ ހުރިހާ މަގުތައް ހެދުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ މަޝްރޫއު ނިމުމުގެ ކުރިން ވެސް ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް މިހާރުވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުން
888 ދުވަސް ކުރިން - 00:53
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ސަރުކާރުގެ ދެމެދުގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށް. އަދި ރާއްޖެއަށް ދިމާވާ ކަންކަމުގައި އެ ގައުމުގެ އެހީތެރިކަން ލިބޭނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި
888 ދުވަސް ކުރިން - 00:24
މުސްލިމުންގެ ނަސްލު ނައްތާލުމަށް ޣައްޒާގައި ހަނގުރާމަ ކުރަމުންދާ އިޒްރޭލު ސިފައިންނަށް ކުޅަނދުރު ބައިގަނޑެއް ހަމަލާދީ 12 ސިފައިން ޒަޚަމް ކޮށްލައިފި
889 ދުވަސް ކުރިން - 19:33
އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ ބަޔަކު ނެތްކަން ދިފާއީ ވަޒީރު ޣައްސާން މައުމޫން ކަށަވަރުކޮށްދެއްވައިފިއެވެ.
889 ދުވަސް ކުރިން - 19:06
ސެނެހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާ ޑޮކްޓަރުން އަދިވެސް ރާއްޖޭގައި މަސައްކަތް ކުރަމުންދާކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތްނަމަ ފޮނުވާލުން ކަަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
889 ދުވަސް ކުރިން - 19:01
ސައުދި އަރަބިއްޔާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުއް ނަބަވީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.
889 ދުވަސް ކުރިން - 18:55
މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
889 ދުވަސް ކުރިން - 18:49
މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
889 ދުވަސް ކުރިން - 18:44
މާލޭގެ މަގުތަކުުގެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓަކަށް ފާޑުކިޔުން އަމާޒުވުމުން، ވެރިކަމުގައި ހުއްޓަސް ނެތަސް، ކަންކަމަށް ފާޑުކިޔާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
889 ދުވަސް ކުރިން - 18:35
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމް ރޫޅާ ނުލެވޭނެ ކަމަށާއި، ޓީމް އޮތީ ބަދަހިކޮށްކަން ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަދި ފޮނަދޫ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަށަވަރުކޮށްދެއްވައިފިއެވެ.
889 ދުވަސް ކުރިން - 18:33
މޫސުމާ ބެހޭ އިދާރާއިން ބުނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ އިއްޔެ ކަމަށެވެ. ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ މެއި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން ކަމަށާއި އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
890 ދުވަސް ކުރިން - 00:00