ހޯނެޓް ނަމަކަށް ކިޔާ ކުޅަނދުރުގެ ވައްތަރެއްގެ ބައިގަނޑެއް އައިސް ދިން ހަމަލާގައި 12 ސިފައިންނަށް އަނިޔާވެފައިވާ ކަމަށް ޔަހޫދީ ނޫސްތަކުން ބުނެއެވެ. އޭގެ ތެރެއިން ދެމީހަކު ވިހަވެފައިވާ ކަމަށްވެސް ތެލްއަވީވް ރޭޑިއޯއިން ބުންޏެވެ.

ޔަހޫދީން މިހާރު ދެމުންދާ ހަމަލާތަކުގައި މުސްލިމުންގެ 34900 އެއްހާ މީހުން ޝަހީދުވެފައިވާއިރު ހަމަލާތައް ހުއްޓާލާތޯ އެމެރިކާވެސް މަޝްވަރާ ކުރަމުންދާ ކަމަށް ވޮޝިންޓަންގެ ޚަބަރުތައް ބުނެއެވެ. އެގޮތުން މިފަހުން ދޭޏް ނިންމި ހަތިޔާރު ޝިޕްމެންޓުވެސް އިޒްރޭލަށް ފޮނުވުމަށް އެމެރިކާ މިހާރު ދަނީ އިންކާރު ކުރަމުންނެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އިއްޔެ ޢާންމު އެސެމްބްލީގައި ނެގި ވޯޓުގައި އިޒްރޭލާއި ދެކޮޅަށް އެމެރިކާ ނޭރިއެވެ.