ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 822,723 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.9 ކުރިއެރުމެކެވެ.
887 ދުވަސް ކުރިން - 19:35
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވި ހަ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މެމްބަރުންނަށް ރުހުން ހޯދުމަށް ވޯޓު ނަގާފައިވަނީ ކޮންމެ މެމްބަރަކަށް ވަކިވަކިންނެވެ.
887 ދުވަސް ކުރިން - 19:32
ސްކޫލް ޗުއްޓީ 1 މެއިގައި ފެށިގެން ހިނގަމުން އަންނައިރު، ޗުއްޓީ ދުވަސްވަރަށް ވާތީ ޕާސްޕޯޓަށް އެދޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މިދިޔަ ހަފްތާގައި އެކަނި ވެސް އިމިގްރޭޝަނުން 2581 މީހުންނަށް ޕާސްޕޯޓު ދޫކޮށްފައިވޭ
887 ދުވަސް ކުރިން - 19:18
ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ އޫރެއްގެ ކިޑްނީ ލެއްވި ފުރަތަމަ ބަލިމީހާ އެ އޮޕަރޭޝަން ކުރިތާ ދެ މަސް ދުވަސް ފަހުން އިއްޔެ މަރުވެއްޖެ
887 ދުވަސް ކުރިން - 15:08
ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފި
887 ދުވަސް ކުރިން - 14:50
މަޓީ އިން ބުނީ ގާ ހުދުވުމުގެ މައްސަލައަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ސީރިއަސް މައްސަލަކަމަށް މާހިރުން ބުނާކަމަށެވެ. ނަމަވެސް އީޕީއޭއިން އަޅަން އިލްތިމާސްކޮށްފައިވާ ފިޔަވަޅުތައް އަޅައިފިނަމަ ގާ ހުދުވުމުގެ މައްސަލަ ކުޑަކުރެވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް މަޓީ އިން ބުންޏެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ލިބެމުންދާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
888 ދުވަސް ކުރިން - 21:50
ރާއްޖެއިން ބޭރަށް 10,000 އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ގެންދާނަމަ އެ ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކޮށްފިއެވެ. މިނިސްޓަރ އިހުސާން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށްދާނަމަ އެ ފައިސާ ހިފަހައްޓާ، ރަނގަޅަށް ޑިކްލެއާކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ފައިސާ ހޯދީ ކޮންތާކުން އަދި ކިހިނެތްތޯ ސުވާލުކުރާނެ ކަމަށާއި އެއީ ތިމަންނަގެ ފައިސާކަން ސާބިތުކޮށްދެވެން ޖެހޭނެކަމަށް އިހުސާން ވިދާޅުވިއެވެ
888 ދުވަސް ކުރިން - 21:37
ނަރުހުންގެ ހިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތްތަކަކާ އެކުގައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
888 ދުވަސް ކުރިން - 20:05
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސަޢީދު މިއަދު ވިދާޅުވީ ކޫއްޑޫ މަސް ފެކްޓްރީގައި މަސައްކަތް ކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ސައީދު ވިދާޅުވީ ފައިލޭރިއާއަށް ޕޮޒިޓިވް ވި ތިން މީހުންނަކީ ވެސް އިންޑިއާ މީހުން ކަމަށާއި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އެމީހުން ފަރުވާ ހޯދާފައިވާކަމަށެވެ.
888 ދުވަސް ކުރިން - 20:01
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބުވީ ވައުދު ނުފުއްދާ ހުދުމުހުތާރު ވެރިކަމެއް ކުރީމަ ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަކީ ޒިންމާދާރުކަން ކުޑަ، ހުދުމުހުތާރު ވެރިކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
888 ދުވަސް ކުރިން - 19:59
ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާ ކުރަނީ ގައުމީ ވާޖިބެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
888 ދުވަސް ކުރިން - 19:55
ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކުރަން ވަކި ރަށަކަށް ގެންގޮސް ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަން ރާވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. "ހޯޕް އައިލެންޑް"ގެ ނަމުން ޚާއްސަކުރާ އެރަށުގައި ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން ކުދިންނަށް ދީނީ ތަޢުލީމާއި ރަސްމީ ތަޢުލީމުގެ އިތުރުން ކޮންޓެކްޓް ސްޕޯޓްސް އަދި ސައިކޯސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
888 ދުވަސް ކުރިން - 19:46