ކެފޭއެއްގެ ބަދިގޭ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެގެން އަނބުރައިގަތް ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.އަނބުރައިގަތް މީހުންގެ ތެރޭ ހިމެނެނީ ފުލުހުން ބުނި ގޮތުގައި، ސްރީ ލަންކާ މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންނާއި ނޭޕާލު ތިން މީހުންނެވެ.އޭގެ ތެރެއިން އެކަކު އޭޑީކޭ އަށް ބަދަލު ކުރި ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.ފުލުހުން ބުނީ، އެ ހާދިސާ އާ ގުޅިގެން ބަދަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށެވެ.