ނަރުހުންގެ ހިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތްތަކަކާ އެކުގައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ނަރުހުންގެ އަގުހުރި މަސައްކަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މެއި 12 ވަނަ ދުވަސް ފާހަގަ ކުރަނީ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސްއިން ކަނޑައަޅާފައިވަނީ "އަވާ ނާސަސް، އަވާ ފިއުޗާ. ދަ އިކޮނޮމިކް ޕަވާ އޮފް ކެއާ"އެވެ.
މިއީ ސިއްހީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ހިޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާ މެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.



