ނަސްލު ނައްތާލުމުގެ ހަނގުރާމައާއި ކުރިމަތިލަމުންދާ ފަލަސްތީނު މުސްލިމުންނަށް އެހީތެރިވުމަށް ގޮސްތިބި ކުވެއިތުގެ ޑޮކްޓަރުން އިޒްރޭލު ސިފައިން ގަދަކަމުން ފަލަސްތީނު ބިމުން ބޭރުކޮށްލައިފިއެވެ.
ރަފާގައި ތިބި ބަލިމީހުންނަށް އެހީތެރިވުމަށް ގޮސް ތިބި ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ބޭރުކޮށްލީ، ފަލަސްތީނު މުސްލިމުންނަކީ ސިއްހީ ފަރުވާ ބޭނުންވާނެ ބައެއް ކަމަށް އިޒްރޭލް ސިފައިންނަށް ގަބޫލު ނުކުރެވޭތީ ކަމަށް އެ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއި ހަވާލާދީ އަރަބި ހަބަރުތައް ބުނެއެވެ.
ރަފާގެ ފުރިހަމަ ކޮންޓުރޯލް ނެގުމަށްފަހު އަދި ގައްޒާއަށް ވަދެ ނުކުމެވޭ ހުރިހާ ދޮރުތައް ބަންދުކޮށްލައި ޔަހޫދީން ވަނީ ގަދަކަމުން ކުވެއިތުގެ މެޑިކަލް ޓީމު އެ ބިމުން ބޭރުކޮށްލާފައެވެ.
ރަފާ ދޫކޮށް ދާންވެގެން ބަހަށް އަރަން ދިޔަ ވަގުތު ކުވެއިތުގެ ޑޮކްޓަރުންގެ މޫނުމަތިން ފެނުނީ ރުއިމުގެ މަންޒަރެވެ.



