އެޗްއާރުސީއެމްގެ މެމްބަރުގެ މަޤާމު ހުސްވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުން. އެ މަޤާމަށް ހަބީބް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު.
806 ދުވަސް ކުރިން - 16:09
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަމީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި. މި ޖަލްސާގައި ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ، އާދަމް ޝަރީފް އުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވާނެ.
806 ދުވަސް ކުރިން - 15:57
އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާނުކޮށްފި. ސޯލާ ޕަވަ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ސާވޭތައް ނިންމުމަށް ފަހު އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ ޖެހިގެން އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި.
806 ދުވަސް ކުރިން - 15:40
މި ދެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިނަރެސް ފްލެޓުތަކުގެ ފަހަތުގައިވާ އެކޮމޮޑޭޝަން ބްލޮކެއްގައި ޤަވާޢިދާ ޚިލާފަށް އަދި ސާފުތާހިރުކަން ކުޑަކޮށް ކެއިން ބުއިމުގެ ކަންކަން ކުރިއަށް ގެންދާތީ އާންމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް.
806 ދުވަސް ކުރިން - 15:24
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރީގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި އެހެން މިނިސްޓަރުންގެ ރަސްމީ އީމެއިލްތައް މިހާރުވެސް އެބަހުރި ކަމަށް. ނަމަވެސް އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރައްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި
806 ދުވަސް ކުރިން - 15:12
ފެނަކައިން ވަނީ ކުރީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް 300 މިލިއަން ރުފިޔާ ދީ، 278 ވެންޑަރަކަށް ދައްކަންޖެހޭ ފައިސާ ހަމަޖައްސައިފަ
806 ދުވަސް ކުރިން - 09:24
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންމުނައްވަރަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އޭނާއާ އިންޓަވިއު ކުރުމަށް ފަހުގައި. ކޮމިޓީގެ މެމްބަރުން މުނައްވަރަށް ދެއްވާފައިވަނީ %97.
807 ދުވަސް ކުރިން - 19:46
އަފްޒަލް ވިދާޅުވީ އަތުލައިގެންފައިވަނީ 15.38 ކިލޯގްރާމްގެ ކެނަބިސް ކަމަށާއި އެ އެއްޗެހީގެ މަގުމަތީ އަގު 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް. މިއީ މެލޭޝިއާ ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރު.
807 ދުވަސް ކުރިން - 16:33
އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން 12:30 ގައި މެދުކަނޑާލާގޮތަށް އޮތް އޮތުން 12 ޖަހާއިރު މެދުކަނޑާލާގޮތަށް ބަދަލުކޮށް 1 ގަޑިއިރުގެ ހުސް ވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ ފަށާނީ 13:00 ގައި ކަމަށް ނިންމަވާފައިވާ ކަމަށް،
807 ދުވަސް ކުރިން - 14:52
ބީއެމްއެލް އަކީ ދައުލަތުގެ އިދާރާއެއް. މުސާރަ ހާމަކުރުމަށް ހައިކޯޓުން ބޭންކުގެ މައްޗަށް އިއްވި ހުކުމް ބާތިލު. ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގައިވާ ކުންފުނީގެ ވަކި ގާނޫނީ ޝަހުސުގެ މަފްހޫމާ ހިލާފަށް
807 ދުވަސް ކުރިން - 13:39
އިސްރާއީލު ފިޔަވައި ހުރިހާ ގައުމަކާ އެކު އެކުވެރި ކަމުގެ ގުޅުން ބަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކަށަވަރުކޮށްދީފި
807 ދުވަސް ކުރިން - 12:56
ރޭ ފަތިހު 4 ޖަހާކަށްހާއިރު މާފަންނުގައި ހުންނަ އޯކިޑް ޕްލާޒާގައި އަލިފާން ރޯވެއްޖެ. ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އަދިވެސް ދުން އަރާ. އެއީ މިހާރު މީހުން ދިރިނޫޅޭ އިމާރާތެއް
807 ދުވަސް ކުރިން - 12:47