ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް. .ފުލުހުން ބުނީ އެ ދެމީހުން ވަގަށް ނަގާފައިވާ ޓީވީއާއި ސައިކަލު ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށް.
805 ދުވަސް ކުރިން - 19:42
ބުޅާތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މާލޭގައި އުޅޭ ބުޅާތަކުގެ މެދުގައި ބައްޔެއް ފެތުރެމުން އަންނަ ދަނޑިވަޅެއްގައި. ހަމައެކަނި ބުޅަލަށް ޖެހޭ މި ބައްޔަކީ ސަލާމަތް ވުމުގެ ފުރުޞަތު ވަރަށް ހަނި ބައްޔެއް. ބުޅާތައް ރަޖިސްޓްރީ ކުރަން ފަށާފައިވަނީ މި ބަލިންސަލާމަތްކުރުމަށް ބުޅާތަކަށް ބޭސް ދިނުމަށް ފަހު.
805 ދުވަސް ކުރިން - 19:29
805 ދުވަސް ކުރިން - 19:14
ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުގެ ފަރާތުން މި އަހަރު ރާއްޖެއަށް ހަ ސްކޮލަރޝިޕްގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށް. އަދި އެކަމަށް ހިލޭ އެހީގެ ގޮތުގައި 161 މިލިއަން ޖަޕަނީސް ޔެން ނުވަތަ 15.9 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނި.
805 ދުވަސް ކުރިން - 15:46
10 ދުވަހުގެ މުއްދަތަކަށް އިތުރުކޮށްފައިވަނީ 'ފެއާ' ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުން. މީގެ ކުރިން އެ އުސޫލު އޮންނަ ގޮތުން މިފަދަ މާކެޓުތައް ބޭއްވޭނީ ގިނަ ވެގެން ހަތް ދުވަހުގެ މުއްދަތަކަށް.
805 ދުވަސް ކުރިން - 15:33
ރައީސްގެ މެސެޖުގައި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ވިދާޅުވި.
805 ދުވަސް ކުރިން - 15:00
ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، އަޙްމަދު މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި. މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އަޙްމަދު މުނައްވަރާއި ބައްދަލުކުރައްވާފައި.
805 ދުވަސް ކުރިން - 14:47
ހަމާސްގެ އެންމެ އިސް ޕޮލިޓިކަލް ލީޑަރު އިސްމާއީލް ހަނިއްޔާ ރޭ ދަންވަރު އަވަހާރަކޮއްލައިފި. މިކަން ހަމާސް އާއި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ކަށަވަރުކޮށްދީފި ކަމަށް ސީއެންއެން ބުނޭ
805 ދުވަސް ކުރިން - 09:47
އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޓޯވް ކުރާ އެއްވެސް ވެހިކަލެއް އެއަށް ދައްކަންޖެހޭ ހުރިހާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު ދުލެއް ނުކުރާނެ
806 ދުވަސް ކުރިން - 02:26
މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާޢީދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް. ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރުން.
806 ދުވަސް ކުރިން - 20:38
ޕާކިސްތާނު ހައި ކޮމިޝަނުން އެހީ ފޯރުކޮށްދިން ތިން ސްކޫލަކީ މަދްރަސަތުލް އަމީރު އަޙްމަދު ޕްރީސްކޫލް، ކެންގަރޫ ކިޑްސް އަދި ބިލަބޯންގް ހައި އިންޓަނޭޝަނަލް ސްކޫލް. މި ތިން ސްކޫލަށް އެހީގެ ގޮތުގައި ޓީވީ އަދި ކޮމްޕިއުޓަރުތަކެއް ވަނީ ހަދިޔާކޮށްފައި
806 ދުވަސް ކުރިން - 19:45
ފެނަކައިން ބުނީ ތިނަދޫ ސިޓީގެ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީ ގޮތުން ހައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ފަށާފައިވާ ކަމަށް. ނަމަވެސް ބައެއް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނި.
806 ދުވަސް ކުރިން - 16:40