ތިނަދޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ވަގުތީގޮތުން މިހާރު ހައްލުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ބުނީ ތިނަދޫ ސިޓީގެ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީ ގޮތުން ހައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފެނަކައިގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށްދާއިރު ބައެއް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ފެނަކައިން ބުނީ ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލައަށް ދެ ދުވަސް ތެރޭގައި ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށެވެ.



