ޖަޕާނު ސަރުކާރުގެ ޕްރޮޖެކްސްޓް ފޯ ހިއުމަށް ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން ރާއްޖެއަށް 15.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރާއްޖޭގައި ހުންނަވާ އެޤައުމުގެ ސަފީރު ތަކެއުޗި މޮދޮރިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުގެ ފަރާތުން މި އަހަރު ރާއްޖެއަށް ހަ ސްކޮލަރޝިޕްގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހިލޭ އެހީގެ ގޮތުގައި 161 މިލިއަން ޖަޕަނީސް ޔެން ނުވަތަ 15.9 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.



