ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަމީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ހުންނަ އެ ޕާޓީގެ ހަރުގޭގައެވެ.
މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީގެ ހުރިހާ ސަޕޯޓަރުން އަދި ސަރުކާރަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެވެ.
މި ޖަލްސާގައި ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ، އާދަމް ޝަރީފް އުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ.



